ބޮލީވުޑުގެ މަޝްހޫރު ތަރިން ނަތަންޔާހޫ އާއި ބައްދަލެއް ނުކުރި

ބޮލީވުޑްގެ އެންމެ ނަން މަޝްހޫރު ތިން ޚާނުން ކަމަށްވާ ޝާހްރުކް އަދި އާމިރު ސަލްމާން

އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ބޮލީވުޑުގެ ފަންނާނުންނާއި ބައްދަލުކުރުމަށް ބޭއްވި ހަފްލާއަށް ވަނީ ގިނަ އަދަދެއްގެ ބޮލީވުޑުގެ ތަރިން ގޮސްފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިއައީ އަމީތާބްބައްޗަން ގެ އާއިލާއެވެ.


މިހަފްލާއަށް އެންމެންގެ ސަމާލުކަން ލިބިގެން ދިޔައިރު މިހާރު އެންމެ ބޮޑަށް ވާހަކަ ދެކެވިގެންދަނީ މި ހަފްލާއަށް އާމިރު ޚާން އަދި ސަލްމާން ޚާން އާއި ޝާހުރުކް ޚާން ނުދިޔަ ސަބަބާއި މެދުގައެވެ. މިކަމާއި ގުޅިގެން އެތަރިން އަދި އެއްވެސް އެއްޗެއް ބުނެފައިނުވާއިރު ތުރުކީގެ ދުވަހު ނޫހެއް ކަމަށްވާ މިލްލިގެޒެޓްގައި ބުނެފައިވަނީ އެތަރިން ނަތަންޔާހޫ އާއި ބައްދަލުކޮށްފައިނުވަނީ ނަތަންޔާހޫގެ ފަރާތުން އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނާއި އެކު އެތަރިން ތިިބިކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ.

ބޮލީވުޑުގެ މަޝްހޫރު ތިން ޚާނުން ނަތަންޔާހޫއާއި ބައްދަލުކޮށްފައިނުވާތީ ބޮލީވުޑްގެ ބައެއް ތަރިންގެ އިތުރުންވެސް އިންޑިޔާގެ މުސްލިމު ގިނަ ރައްޔިތުން ތަކެއް އެމީހުންނަށް ތާއީދުކޮށް ވާހަކަދައްކާފައެވެ. އަދި ބައެއް ބޮޑެތި މީޑިއާ ތަކުންވެސް އެ ތަރިންނަށް ތައުރީފްކޮށް ވާހަކަދައްކާފައިވެއެވެ.

ނަތަންޔާހޫ ގެ އިންޑިއާގެ ދަތުރަށް ބަލާލާއިރު އޭނާ ވަނީ އެކި ދާއިރާތަކުން އިންޑިއާއަށް އެހީވާނެ ކަން ހާމަކޮށްފައެވެ. އޭގެތެރޭގައި އެންމެ ބޮޑަށް އޭނާ ފާހަގަކުރައްވާފައިވަނީ ބޮލީވުޑެވެ. ނަތަންޔާހޫ ވިދާޅުވެފައިވަނީ އޭނާ އާއި އޭނާގެ އަންހެނުން އަދި އިޒްރޭލުގެ ގިނަ ރައްޔިތުންތަކަކަށް ބޮލީވުޑް ވަރަށް ކަމުދާ ކަމަށެވެ. އަދި އެމީހުން ބޭނުންވަނީ ބޮލީވުޑް އެމީހުންގެ ގައުމަށްވެސް ގެނައުމަށްކަމަށް ބުނެފައިވެއެވެ. އަދި ބޮލީވުޑް ކުރިއެރުވުމަށް ފައިސާގެ ގޮތުންވެސް އެގައުމުން އެހީވާނެކަމަށް ނަތަންޔާހޫ ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...