ކެޕްސް ލައިޓް ގެ ނަމުގައި ވެމްކޯއިން ޚިދުމަތެއް ތަޢާރަފް ކުރަނީ

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝިފާއު: ފޮޓޯ ޗެނަލް ތާރޓީން

އާންމުކޮށް ގޭބިސީތަކުގައި އުފެދޭ ކުނި ފިޔަވާ އުކާލަން ބޭނުންވާ ބޮޑެތި އެއްޗެހި އުކާލުމަށް ވެމްކޯއިން ކެޕްސް ލައިޓް ގެ ނަމުގައި އާ ޚިދުމަތެއް ތަޢާރަފްކޮށްފިއެވެ.


ވެމްކޯއާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝިފާއު ވިދާޅުވީ އެކުންފުނިން ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތް ފުޅާކޮށް ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ކަސްޓަމަރުންގެ ބޭނުންތައް ހޯދުމާއި، ކަސްޓަމާ ސެޓިސްފެކްޝަން ސާވޭ އަދި އަލަށް ތަޢާރަފް ކުރަން ހަމަޖެހިފައިވާ ކެޕްސް ލައިޓްގެ ޚިދުމަތް ހިމެނޭ ކަމަށް ޝިފާއު ވިދާޅުވިއެވެ.


އޭނާ ވިދާޅުވީ މި ޙިދުމަތް އަންނަ މަހު ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ޚިދުމަތުގެ ދަށުން އުކާލަދޭ ކުނީގެ ކުޑަ ބޮޑުމިނަށް ބެލުމަށްފަހު 25 ރުފިޔާ އާއި 75 ރުފިޔާ އާ ދެމެދުގެ އަގުތަކެއް ކޮންމެ ކަސްޓަމަރެއްގެ އަތުންވެސް ނެގޭނެ ކަމަށް ޝިފާއު ވިދާޅުވިއެވެ. އަދި މިޚިދުމަތް އަންނަ މަހު އެކެއްގައި ފެށޭއިރު، ޚިދުމަތް ލިބިގެންދާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ، ހުކުރު އަދި ހޮނިހިރު ދުވަހު ކަމަށް ވެމްކޯއިން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...