ފިލްމްފެއާ އެވޯޑް 2018: އެންމެ މޮޅު ފިރިހެން ތަރިއަކަށް އިރުފާން ޚާން ހޮވުނު އިރު އަންހެން ތަރިއަކަށް ހޮވުނީ ވިދްޔާ ބާލަން

ވިދްޔާ ބާލަން އަދި އިރްފާން ޚާން

ފިލްމުފެއާ އެވޯޑަކީ އިންޑިއާގެ ގިނަ ފިލްމީ ތަރިންތަކެއް އެއަށް އިންތިޒާރު ކުރަމުންދާ އެވޯޑް ޙަފްލާއެކެވެ. އެގޮތުން މިދިޔަ އަހަރުވެސް ބޮލީވުޑްގެ މަޝްހޫރު އަދި ކާމިޔާބް ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާއިރު، މިއަހަރުގެ ފިލްމު ފެެއާ އެވޯޑް މިހާރު ބާއްވާފައިވާއިރު މިއީ ގިނަ ތަރިން އެންމެ ހިތްހަމަޖެހޭ ހަފްލާއަކަށް ނުވިއެވެ.

ސަބަބަކަށް ވެގެން ދިޔައީ ބޮޑެތި ތަރިންކަމަށް ބުނާ ތަރިންނަށް ފާހަގަކޮށްލެވޭ އެވޯޑްތައް ނުލިބުމުގެ ސަބަބުންނެވެ. މުމްބާއިގެ ޑޯމް އިން ވޯލީގައި އޮތް މި ހަފްލާގައި ގިނަ ތަރިންތަކެއް ބައިވެރިވެފައިވާއިރު މިހަފްލާ ހުށަހަޅައިދީފައިވަނީ ޝާޙް ރުކް ޙާން އަދި ކަރަން ޖޯހަރެވެ. މި އެވޯޑް ޙަފްލާއާއި ގުޅިގެން ތަފާތު ވާހަކަތަކެއް ދައްކަމުންދާއިރު މިއެވޯޑް ހަފްލާގެ ވަަނަތައް ދިންގޮތް އެހާ އިންސާފުވެރި ނޫންކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މި އެވޯޑް ހަފްލާގެ އެންމެ ފަޚުރުވެރި ވަނަތަކެއް ހޯދާފައިވަނީ އިރްފާން ޚާން އަދި ވިދްޔާ ބާލަންއެވެ. ވިދްޔާއަށް މިއެވޯޑް "ތްމާރީ ސްލޫ" ގައި އޭނާ އަދާކުރި ރޯލަށެވެ. އަދި އިރްފާންއަށް ބެސްޓް އެކްޓަރގެ ލަގަބް ލިބުނީ ހިންދީ މީޑިއަމްގައި އޭނާ ދެއްކި ހުނަރުވެރި އެކްޓިންގއަށެވެ.

މިއެވޯޑް ހަފްލާގެ ތެރެއިން ބައްޕީ ލެހެރީ އަދި މާލާ ސިންހާއަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބުނުއިރު އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ "ހިންދީ މީޑިއަމް"އެވެ. އަދި ކްރިޓިކްގެ އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ "ނިއުޓަން"އެވެ. އެންމެ މޮޅު އަލްބަމަކަށް "ޖައްގާ ޖާސޫސް" ހޮވުނުއިރު އެންމެ މޮޅު ލިރިކްސްވެސް ކާމިޔާބުކުރީ "ޖައްގާ ޖާސޫސް"އަށް އަމީތާބް ބައްޗަން ލިރިކްސް ތައްޔާރުކުރި "އުއްލޫކާ ޕައްޓާ" ލަވަ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...