ވިނޯދު ކަންނާގެ ޖަނާޒާގައި މިޖީލުގެ ތަރިން ބައިވެރިވެފައިނުވާތީ ރިޝީ ހިތްމަނުޖެހިފައި

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ވިނޯދް ކަންނާގެ ޖަނާޒާގައި މިހާރުގެ ތަރިން ބައިވެރިވެފައިނުވާތީ، ރިޝީ ކަޕޫރް އެކަމާއި ނުރުހުން ފާޅުކޮށްފިއެވެ.

އެކްޓަރ ރިޝީ ކަޕޫރަކީ ވިނޯދުގެ ގާތް ރަހްމަތްތެރިއެކެވެ. ރިޝީ ވަނީ ބޮލީވުޑްގެ މިޖީލުގެ އެއްވެސް ތަރިއެއް ވިނޯދުގެ ޖަނާޒައިގައި ބައިވެރިވެފައި ނުވާ ކަމަށާއި މިއީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށް ބުނެފައެވެ.


އަދި ކުރީގެ ތަރިންގެ ކިބައިގައި މީހުންނަށް އިހްތިރާމް ކުރުމުގެ ރީތި ސިފަ ހުރި ކަމަށާއި، އެސިފަ މިހާރުގެ ތަރިން ދަސްކުރަން ޖެހޭ ކަމަށްވެސް ރިޝީ ވަނީ ބުނެފައެވެ. ކެންސަރު ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް، ވިނޯދު މަރުވެފައިވަނީ އޭޕްރީލްމަހުގެ 27 ވަނަ ދުވަހުއެވެ. ވިނޯދުގެ ޖަނާޒާގައި އަމީތާބް ބަޗަން، އަބީޝެކް ބަޗަން، އަރްޖޫން ރާމްޕާލް، އަދި ދިޔާ މިރްޒާ ވަނީ ބައިވެރިވެފައެވެ.


ވިނޯދް ކަންނާ އަކީ މަގްބޫލް ފިލްމުތައް ކަމަށްވާ ގުރުބާނީ، އަމަރް އަކްބަރް އެންތަނީ، އަދި ދަބަންގެ 2 ފިލްމުގައިވެސް މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. ވިނޯދަކީ އަކްޝޭ ކަންނާ އަދި ރާހުލް ކަންނާގެ ބައްޕައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...