ރައީސް ޔާމީނުގެ އެންމެ ބޮޑު އަމާޒަކީ ތަޢުލީމީ ޖީލެއް ބިނާކުރުން – މައުރޫފް

އެމްޑީއޭގެ ޑެޕިއުޓީ ލީޑަރ ޢަލީ މައުރޫފް - ފޮޓޯ: ޗެނަލް13

ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު ވިސްނުންފުޅެއް ގެންގުޅުއްވީ ތަރައްގީއާއެކު ރާއްޖޭގެ ތައުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ކަމަށާއި އެކަން އެމަނިކުފާނު މިއަދު ހާސިލްކޮށްފައިވާކަމަށް އެމްޑީއޭގެ ނައިބު ލީޑަރު ޢަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

ޗެނަލް ތާޓީންގެ ނިއުސްޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސަރުކާރު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ އެމްޑީއޭގެ ނައިބް ލީޑަރު އަލީ މައުރޫފު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ތައުލީމީ ނިޒާމް ބައްޓަން ކުރަން މަސައްކަތް ކޮށްފައިވަނީ މުޅިން އެހެން ގޮތަކަށްކަމަށާއި، އެކަން އެގޮތަށް ތަންފީޒުވެގެންދިޔަނަމަ، އެތަކެއް ނޭދެވޭ އަސަރެއް ކުރާނޭކަމަށެވެ. އަދި އެމްޑީޕީން އޭރުގައި މަސައްކަތްކުރީ ހިލޭސާބަހަށް މަސައްކަތް ކުރާ ޓީޗަރުން ރާއްޖެ ގެނެސް ކުދިންނަށް ކިޔަވައިދިނުމަށްކަމަށާއި، އޭގެތެރޭގައި އާދައިގެ ޓްރެއިނިންގ ޓީޗަރުންވެސް ހިމެނޭކަމަށާއި، ނަމަވެސް އެއާއި ޚިލާފަށް ރައީސް ޔާމީނު ގެންގުޅުއްވީ މުޅިންވެސް ތަފާތު ވިސްނުންފުޅެއްކަމަށް މައުރޫފް ވިދާޅުވިއެވެ. އެގޮތުގެމަތިން ކަމަށް ގާބިލު ދިވެހި ޓީޗަރުން ހޯދާ ދިވެހިންނާއި ގުޅޭގޮތަށް ތައުލީމީ ނިޒާމް ބައްޓަން ކުރަން އެމަނިކުފާނު ފެއްޓެވި މަސައްކަތުގެ ދަށުން ރާއްޖޭގެ ތައުލީމީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެންނަވާ ދިވެހި ބެލެނެވެރިންނާއި ދަރިވަރުން ހިނިތުން ކުރުވާފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ބަދަލު ގެނެސްފައިވަނީ ހަމައެކަނި ސުކޫލް އިމާރާތަށް ނޫންކަމަށާއި، ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުންގެ ފެންވަރު ރަނގަޅުކޮށް ޤާބިލް އެދުރުންތަކެއް އުފައްދައިފައިވާކަމަށްވެސް މައުރޫފު ވިދާޅުވިއެވެ. 

ރާއްޖެއާއި ބޭރުގެ ޤައުމުތަކާއި އޮންނަގުޅުންތައް ބަދަހިވަމުންދާކަން ފާހަގަކުރައްވާ މައުރޫފުވަނީ ރައީސް ޔާމީނުގެ ސަރުކާރުން ބޭރު ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކާއި ގާތް ގުޅުމެއް ގާއިމު ކުރަމުންދާއިރު، މިކަން ބައެއް އިދިކޮޅު ފަރާތްތަކަށް ހަޖަމުކުރަން ދަތިވެފައިވާކަމަށް ވިދާޅުވެފައެވެ. މިގޮތުން އިންޑިއާ، ޗައިނާ، ސައުދީއަރަބިއްޔާ ފަދަ ޤައުމުތަކަކީ މި ސަރުކާރުގެ މިތުރުންކަމަށްވެސް އޭނާ ވިދާޅުވި.


 ރައީސް ޔާމީނުގެ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހީމް ކުރައްވާ މަސައްކަޕުޅަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވަމުން މައުރޫފު ވިދާޅުވީ، އެކަމަނާއަކީ މިހާތަނަށް ރާއްޖެދުށް އެފަދަ ދެވަނައެއް ނެތް ފަސްޓްލޭޑީކަމަށެވެ. އަދި ރާއްޖޭގެ ފަސްޓް ލޭޑީއެއްގެ ފަރާތުން ދިވެހިން އުންމީދު ކުރި އުންމީދުތަކުގައި ކުލަޖައްސަވާދެއްވީ މެޑަމް ފާތުމަތު އިބްރާހިމް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެކަމަނާ ރަށްރަށަށް ވަޑައިގަތުމުން މަރުހަބާ ދަންނަވާ ފޮޓޯ، ސެލްފީ ނަގަމުންދާ ދިވެހިން އިތުރުވެގެންދާކަމީ މިކަމުގެ ހެއްކެއްކަމަށްވެސް މައުރޫފު ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...