ސްކޫލަކަށް ބަޔަކު ވަދެ ދަރިވަރަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

ތާޖުއްދީން ސްކޫލަށް ބަޔަކު ވަދެ ދަރިވަރަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.


ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ ތާޖުއްދީން ސްކޫލްގެ ގުރޭޑް 10ގައި ކިޔަވާ ދަރިވަރެކެވެ. ކުއްޖާއަށް ހަމަލާދީފައިވަނީ ދަގަނޑު ބުރިއަކުން ކަމަށް މަޢުލޫމާތު ލިބެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ ތަޙްޤީޤް ކުރަމުންނެވެ.


ޒަޚަމްވި ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދާއިރު، ހަމަލާ ދިނުމުގައި ބައިވެރިވި އެންމެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް މަޢުލޫމާތު ދެއެވެ. ފުލުހުން ބުނީ ތާޖުއްދީން ސްކޫލްގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12:36 އެހާއިރު ކަމަށެވެ.


އިތުރު ތަފްސީލް އަންނަނީ...


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...