މި ސަރުކާރުން ތަރައްޤީ ގެންނަކަމަށް އިދިކޮޅު ފަރާތްތަކުން އެއްބަސްވެއްޖެ!

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރާއްޖެ ތަރައްޤީ ކުރަމުންދާކަން އިދިކޮޅު ހަތަރު ޕާޓީން ޤަބޫލުކޮށް، އެކަމަށް ތާއީދުކޮށް ވާހަކަ ދައްކަވައިފިއެވެ. 

އިދިކޮޅު ހަތަރު ޕާޓީގެ ފަރާތުން ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރުކަން ކުރެއްވި މުހައްމަދު އަމީތު އަހުމަދު މަނިކް ވިދާޅުވީ، އެއާޕޯޓް އެޅުމާއި ބިން ހިއްކުމަކީ ރަނގަޅު ކަމެއް ކަމަށާއި އެކަން އެބަ ކުރައްވާކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުންވެސް ރާއްޖެ ތަރައްޤީ ކުރާކަން ޤަބޫލުކޮށް އެކަމަށް ތާއީދުކުރައްވާކަމަށް އަމީތު ވިދާޅުވިއެވެ. 

މީގެއިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓަށް އިދިކޮޅު މެންބަރުން ވޯޓް ނުލަނީ އެ މެންބަރުންނަށް ނިސްބަތްވާ ދާއިރާތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ނުހިންގާތީކަމަށެވެ.

ނަމަވެސް މި ދާއިރާތަކަށްވެސް މިހާ ތަރައްޤީ ގެންނަކަން ގަބޫލުކުރައްވާކަމަށް އަމީތު ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ މެންބަރުން ހިމެނޭ ދާއިރާތަކަށް އެއްވެސްވަރަކަށް ތަރައްޤީ ނުގެންނަކަމަށް ވިދާޅުވެ، ވާހަކަ ދައްކަވަމުންދާއިރު، ދާދިފަހުން ވަނީ ހިންވަރު ދާއިރާ ތަރައްޤީ ކުރުމަށް ބޮޑު މަޝްރޫއެއް ފަށާފައެވެ.

އެގޮތުން ހިންނަވަރުގައި ރައްކާތެރި ބޯފުނުގެ ނިޒާމެއް ވަނީ ގާއިމްކޮށް އެ މަޝްރޫއު އިފްތިތާހްކޮށްފައެވެ. މީގެއިތުރުންވެސް ހިންނަވަރުގައި 75 ކިލޯ ވޯޓްގެ ސޯލާ ޕެނަލް އިންސްޓޯލް ކުރެވި ދުވާލުގަޑީގައި ފެން އުފެއްދުމަށް މިހަކަތަ ބޭނުންކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން އަމީތު ކުރިން ނިސްބަތްވި މަޑުއްވަރި ދާއިރާގައިވެސް 50 ފުލެޓް އިމާރާތް ކުރުމުގެ މަސައްކަތް މި އަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...