ބީއެމްއެލްއިން މާލޭގައި 14 ބުރީގެ އިމާރާތެއް އަޅާދޭނެ ފަރާތެއް ހޯދަނީ

މާލޭގައި 14 ބުރީގެ އޮފީސް އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭންކް އޮފް މޯލްޑިވްސްއިން އިއުލާން ކޮށްފިއެވެ.

ބީއެމްއެލްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ 14 ބުރީގެ އޮފީސް އިމާރާތެއް މާލޭގެ 2،500 އަކަފޫޓުގެ ބިމެއްގައި އެޅުމަށް ނިންމާފައިވާ ކަމަށެވެ.

މި އިމާރާތުގައި ޖުމްލަ 30،000 އަކަފޫޓުގެ އޮފީސް ސްޕޭސް ހުންނާނެ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ. އިމާރާތުގެ މަސައްކަތް ނިންމަން ޖެހެނީ މަސައްކަތް ފަށާތާ ދެ އަހަރު ދުވަސް ތެރޭގައި ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ އެބޭންކުގެ އާ އިމާރާތަކީ ތިން ލިފްޓާ އެކު، ވަރަށް ޒަމާނީކޮށް އެޅުމަށް ނިންމާފައިވާ ތަނެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ތެރޭގައި، އިމާރާތް އެޅުމުގެ ކުރިން އިމާރާތް އަޅާ ބިމުގައި ހުރި ވަރަށް ގިނަ ދުވަސްވީ ދެ ބުރީގެ އިމާރާތެއް ތަޅާލާނެ ކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.

އަދި ސައިޓު ޕްރިޕެރޭޝަނާއި، އިމާރާތް ފުރިހަމައަށް އެޅުމުގެ އިތުރުން އެތަނުގެ މެކޭނިކަލް، ކަރަންޓު އަދި ޕްލަމިންގްއާއި ފިނިޝިންގް މަސައްކަތްތައްވެސް ފުރިހަމަކުރަންޖެހޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ މި މަޝްރޫޢާ ބެހޭގޮތުން އެއްވެސް ކަމެއް ސާފުކުރަން ބޭނުންނަމަ 22 ޖެނުއަރީގެ ކުރިން[email protected] އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...