ހަތަރު ގައުމެއްގެ ސިފައިން ބައިވެރިވާ ހަވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ފަށައިފި

ހަވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހުގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެފް

ހަތަރު ގައުމެއްގެ ސިފައިން ބައިވެރިވާ ހަވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ފަށައިފިއެވެ. 


އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމް ޝަރަފްވެރިކޮށްދެއްވި މިކޯހަކީ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯހެއްކަމަށް އެމްއެންޑިއެފްއިން މައުލޫމާތުދެއެވެ. އަދި މި ކޯހުގައި ޖުމްލަ 16 ސިފައިން ބައިވެރިވެފައިވާއިރު، ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުގެ ނުވަ ސިފައިން ވެސް މިކޯހުގައި ބައިވެރިވެފައިވެފައިވެއެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގާ މި ކޯހުގެ ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ހިސްޓްރީ އޮފް ޑައިވިންގ، ފިޒިކްސް އެންޑް ފިޒިއޯލޮޖީ އޮފް ޑައިވިންގ، އިކުއިޕްމަންޓް އެންޑް އެކްސެސަރީސް، ޑައިވިންގ ކޮމިއުނިކޭޝަންސް، ޑައިވިންގ ޓޭބަލް، ޑައިވިންގ ސޭފްޓީ، ޑައިވިންގ ސާރޗް ޕެޓާންސް، ފިޒިކަލް ޓްރެއިނިންގ، ސްވިމިންގ، ޑައިވިންގ ސްކިލްސް، ޑައިވިންގ ފަސްޓް އެއިޑް، މިޝަން ޕްލޭނިންގ، ވެސެލް ރެސްކިއު އަދި ރެސްކިއު ސްވިމިންގ ހިމެނެއެވެ.


ހަ ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން ޕްރަޝާންތު ހާންޑޫ އާއި، ސްރިލަންކާ އެމްބަސީއިންނާއި ބަންގްލަދޭޝް އެމްބަސީގެ ބައެއް އިސްވެރިންގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތްކުރައްވާ އޮފިސަރުންނާއި ކޯހުގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެފައިވާކަމަށް އެމްއެންޑިއެފްއިން މައުލޫމަތުދެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...