ހާލު ސަރވޭގެ ފައިނަލް ރިޕޯޓް އެކުލަވާލުމުގެ މަސައްކަތްދަނީ ކުރިއަށް - އެޗްޑީސީ


ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތާއި، ގޭބީސީ ތަކުގެ ހާލަތު ދެނެގަތުމަށް ކުރިއަށްގެންދިޔަ ހާލު ސާރވޭ ނުނިމި ލަސްވެގެންދަނީ ބައެއް މައުލޫމާތުތައް ނުލިބިގެންކަމަށް އެޗްޑީސީގެ ޑިރެކްޓަރ މުނިސިޕަލް އެޑްމިނިސްޓްރޭޝަން އަހްމަދު ފާތިޙް ވިދާޅުވެއްޖެއެވެ. ހާލު ނަމުގައި ހުޅުމާލޭގައި ކުރިއަށްގެންދިޔަ ސާވޭއާއި ގުޅޭގޮތުން ޗެނަލްތާޓީންއަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ ޑިރެކްޓަރ މުނިސިޕަލް އެޑްމިނިސްޓްރޭޝަން އަހްމަދު ފާތިޙް ވިދާޅުވީ މި ސާރވޭ ގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ.


އަދި ރިޕޯޓް ނުނިމި ލަސްވަމުންދަނީ ބައެއް ގެތަކުން ލިބެންޖެހޭ މައުލޫމާތު ނުލިބިގެންކަމަށް އޭނާ ވިދާޅުވިއެވެ. ފާތިހު ވިދާޅުވީ މިމައުލޫމާތު ލިބުނުހާއަވަހަކަށް އެކުލަވާލުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. މި ސާރވޭގެ މައިގަނޑު ބޭނުމަކީ ހުޅުމާލޭ ތަރައްގީގެ ޕްލޭންތައް އެކުލަވާލައި ސިޔާސަތުތައް ކަނޑައަޅެގިންދާއިރު، ތަނުގައި ދިރިއުޅޭ ރައްޔިތުންގެ ޚިޔާލު ހޯދައި ރައްޔިތުން ދިރިއުޅޭ މާހައުލުގައި ދިމާވާ ދަތިތަކާއި، ބޭނުންކުރާ ޚިދުމަތްތަކަށް ދިމާވާ ދަތިތަކަކީ ކޮބއިތޯބަލައި އެކަންކަމާ ގުޅޭ މައުލޫމާތު ހޯދުންކަމަށް ފާތިހު ވިދާޅުވިއެވެ.


އޭނާ ވިދާޅުވީ މި ސާވޭގައި އެއްކުރެވޭ މައުލޫމާތުތަކަށް ބިނާކޮށް ކަންކަން ރަނގަޅުކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ. މީގެ އިތުރުން ފާތިހް ވިދާޅުވީ މި ފަހަރުގެ ސާރވޭގެ ތެރެއިން ގޭބީސީ ތަކުގައި ދިރިއުޅޭ ފަރާތުގެ މައުލޫމަތު ހޯދައި ހުޅުމާލޭގައި މުނިސިޕަލް ދަފްތަރެއް އެކުލަވާލާނޭ ކަމަށެވެ. މި ދަފްތަރުގައި ރަޖިސްޓްރީވުމުން ކުރިއަށް އޮތްތަނުގައި ޚިދުމަތް ދިނުމަށް ލުއިފައްސޭހަތަކެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
 


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...