ކެޔޮދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ޕީޕީއެމް އާއި ގުޅެނީ

ވ.ކެޔޮދޫ- އެރަށުގެ ކައުންސިލްގެ ރައީސް އާއި ނައިބް ރައީސް ވަނީ ޕީޕީއެމްއާއި ގުޅިވަޑައިގަންނަވަން ނިންމަވާފައި.

ވ.އަތޮޅު ކެޔޮދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ޕީޕީއެމް އާއި ގުޅިވަޑައިގަންނަވަން ނިންމަވައިފިއެވެ.

ޗެނަލް13އަށް މައުލޫމާތު ދެއްވަމުން ކެޔޮދޫ ކައުންސިލްގެ ރައީސް އަހްމަދު ޔޫސުފް ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއާއި ގުޅިވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެޕާޓީއަށް ސޮއި ކުރައްވާނެ ކަމަށްވެސް ކެޔޮދޫ ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ. ޗެނަލް13އަށް މައުލޫމާތު ދެއްވަމުން ކެޔޮދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަބްދުލްލަތީފް ވިދާޅުވީ ސަރުކާރުން ކެޔޮދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މިއީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކެޔޮދޫގެ ރައްޔިތުން ބޭނުންވެފައި ތިބި ކަމެއް ކަމަށެވެ.

ޕީޕީއެމްއާއި ގުޅިވަޑައިގަންނަވަން ނިންމެވި ސަބަބު ބަޔާން ކުރައްވަމުން ލަތީފް ވިދާޅުވީ، ސަރުކާރުން ކެޔޮދޫގެ ރައްޔިތުންނަށްޓަކައި ގިނަ ކަންތައްތަކެއް ކޮށްދެއްވަމުން އަންނައިރު، އެރަށު ކައުންސިލް މެމްބަރުން ޕީޕީއެމްއާއި ގުޅުމަށް ރަށުގެ ރައްޔިތުންވެސް އެދިފައިވާ ކަމަށެވެ. ކެޔޮދޫ ކައުންސިލްގެ ރައީސްއާއި ނައިބް ރައީސް ޕީޕީއެމްއާއި ގުޅިވަޑައިގަންނަވަން ނިންމަވާފައިވާއިރު އެ ދެބޭފުޅުންނަކީ، މީގެ ކުރިން އިދިކޮޅު އެމްޑީޕީގެ ދެމެންބަރުނެވެ.

ސަރުކާރުން އެކި ރަށް ރަށަށް ގެންނަމުންދާ ތަރައްގީއަށް އެއްބާރުލުން ދިނުމުގެ ގޮތުން ގިނަ ކައުންސިލްތަކެއްގެ މެމްބަރުން އަންނަނީ ސަރުކާރާއި ގުޅެމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...