ހިތަދޫ ގެއެއްްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

"އެލުމިނިއަމް" ގޭގައި ރޯވި އަލިފާނުގެ ސަބަބުން އެގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި.

އައްޑޫ ސިޓީ ހިތަދޫ "އެލުމިނިއަމް" ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފްއަށް މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ 00:59 ހާއިރު އެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރމަނުންގެ ޓީމެއް ފަޔަރ ވެހިކަލްގައި އެސަރަހައްދަށް ގޮސް ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ކުރި މަސައްކަތުން ފަޔަރ އެންޑް ރެސްކިއު ވެހިކަލް ބޭނުންކޮށްގެން ފެން ޖަހައި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ ރޭ ދަންވަރު 2:20 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އެހެން ނަމަވެސް އަލިފާން ރޯވި "އެލުމިނިއަމް" ގެ ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. އެ ގެއަކީ ބަޔަކަށް ކުއްޔަށް ދިނުމަށްޓަކައި ހުސްކޮށްފައި ހުރި ގެއެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...