މިއީ ޒައިނަބްގެ އެންމެ ފަހުގެ ބަސްތައް

ޒައިނަބްގެ ހަނދާނުގައި ލާހޯރުގެ ދަރިވަރުންތަކެއް ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން.

ޒައިނަބް އަންސާރީ އަކީ ޕާކިސްތާނުގެ ކަސޫރު ސިޓީގައި، އާއިލާއާއެކު އުފާވެރި ދިރިއުޅުމެއް އުޅެމުން އައި އުމުރުން 7 އަހަރުގެ އަންހެން ކުއްޖެކެވެ.

މަންމަ އާއި ބައްޕައަށް އުމްރާގެ މާތް އަޅުކަން އަދާ ކުރަން ސައުދީ އަރަބިއާއަށް ދިއުމުންވެސް ޒައިނަބް އުޅެމުން އައީ އާއިލާގެ އެހެން މެމްބަރުންނާއި އެކީގައެވެ. ނުރައްކަލެއްގެ އެއްވެސް އިހްސާސެއް ނެތެވެ.

އެހެންނަމަވެސް ޤުރުއާން ކިޔެވުމަށް ބޮޑު ދައިތައެއްގެ ގެއަށް ދިއުމަށްފަހު އެނބުރި ގެއަށް އަންނަން އުޅެނިކޮށް އެއްވެސް ރަހުމެއް ނެތް އަނިޔާވެރިއެއްގެ ޝިކާރައަކަށްވެ ޒައިނަބް ދުނިޔެ ދޫކުރީއެވެ. އެމީހާ ވަނީ ޒައިނަބް މަރާލުމުގެ ކުރިން އެތައް ފަހަރެއްގެ މަތިން އެކުއްޖާ ރޭޕްކޮށް، ޖިންސީ އަނިޔާތައް ކޮށްފައެވެ. ޒައިނަބް ނެތުމުން، އެކަމުގެ ހިތާމަ އޭނާގެ އާއިލާއިން ކުރަމުން އަންނައިރު، ޒައިނަބް އެންމެ ފަހުން ލިޔުނު ނޯޓް މީޑިއާތަކުގައި ވަނީ ދައުރުވާން ފަށާފައެވެ.

މިއީ ޒައިނަބް އޭނާގެ ނޯޓް ފޮތުގައި އެންމެ ފަހުން ލިޔުނު ލިޔުމެވެ.

ޒައިނަބް އެންމެ ފަހުން ލިޔުނު ނޯޓު

"އަހަރެންނަކީ އަންހެން ކުއްޖެއް"


"އަހަރެންގެ ނަމަކީ ޒައިނަބް"


"އަހަރެންގެ ބައްޕަގެ ނަމަކީ އަމީން"


"އަހަރެންގެ އުމުރަކީ 7"


"އަހަރެންގެ އުޅެނީ ކަސޫރުގައި"


މިއީ ކުޑަ ކުޑަ ޒައިނަބް އޭނާގެ އަމިއްލަ ނަފްސާއި ގުޅޭ ގޮތުން ލިޔެފައިވާ ނޯޓެވެ. މިއަދު ޒައިނަބްގެ އާއިލާއަށް ލިބިފައިވަނީ، ހަމައެކަނި ޒައިނަބްގެ ހަނދާންތަކެވެ. ޒައިނަބްގެ ބައްޕަ އަމީން އަންސާރީ ބުނީ ޒައިނަބް ވަކިވެގެން ދިއުމުން ދުނިޔެ ނިމިފައިވާ ކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...