މެޑަމް ފާތުން އަރިއަތޮޅު އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

މެޑަމް ފާތުމަތު އިބްރާޙިމް ގެ ދަތުރުފުޅުގެ ތެރެއިން

އެންމެ ގާތުން ރައްޔިތުންގެ ހާލަތު ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އަތޮޅުތަކަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އަރިއަތޮޅު އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިދަތުރުފުޅުގައި އެކަމަނާ ވަނީ އެއަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވި އެންމެ ފުރަތަމަ ފަސްޓްލޭޑީގެ ޝަރަފު ހޯއްދަވާފައެވެ. މެޑަމްގެ މިދަތުރުފުޅުގައި އއ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން އެކަމަނާއަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން އެކަމަނާ ވަޑައިގެންނެވި އަށް ރަށުގެ ގިނަ އަަދަދެއްގެ ކުދި ބޮޑު ރައްޔިތުންވަނީ އެކަމަނާއަށް މަރުހަބާ ދަންނަވާފައެވެ.

އެކަމަނާގެ ހިތްހެޔޮކަން ފެނި އެތައް ރައްޔިތުންނެއް އެކަމަނާއަށް ޝުކުރު އަދާކޮށް ވާހަކަދައްކަވާފައިވާއިރު، އެކަމަނާވަނީ ރައްޔިތުންނާ ބައްދަލުކުރައްވާ ހާލު އޮޅުން ފިލުއްވާފައެވެ. ރައްޔިތުންނަށް ދަތިވާ ކަންތައްތައް އެކަމަނާ އޮޅުން ފިލުއްވާފައިވާއިރު އެކަންތައްތައް ހައްލުކޮށްދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެކަމަނާވަނީ ރައްޔިތުންނަށް ދެއްވާފައެވެ. މެޑަމް އއ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި އެކަމަނާވަނީ އެއަތޮޅުގައި ޕީޕީއެމްގެ ޖަގަހައެއްވެސް ހުޅުއްވާދެއްވާފައެވެ. އެއަތޮޅު މާޅޮހުގައި ހުޅުވި މިޖަގަހައަކީ އއ. އަތޮޅުގައި ހުޅުވި ޕީޕީއެމްގެ ފުރަތަމަ ޖަގަހަކަންވެސް ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...