ވެރިކަން ކުރުމުގެ ވައްޓަފާޅި ނެތް މީހަކު ވެރިކަން ކުރުމުން އޭގެ ހިތި ރައްޔިތުންނަށް ފެނިއްޖެ: އަޒުލީން

ހޯމް މިނިސްޓަރ އަޒްލީންއަހުމަދު- ފޮޓޯ: ޗެނަލް 13

ވެރިކަމުގެ އެއްވެސް ތަޖުރިބާއެއް ނެތި ވެރިކަން ކުރައްވަން ޖެހިވަޑައި ގަތުމުން އޭގެ ނަތީޖާ ރައްޔިތުންނަށް ފެނިގެންދިޔައީ ވަރަށް ހިތިކޮށްކަމަށް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ. އަޒްލީން މިފަދައިން ވިދާޅުވީ ރުމާލު ދޭއް ޖަގަހައިގައި ވާހަކަ ދައްކަވަމުންނެވެ. 

ކުރިގެ ރައީސް ނަޝީދުގެ އަމަލްފުޅުތަކާއި ބަސްފުޅުތަކަކީ ލޯމާރާލުމަށް ފަހު ދެން ލޯހުޅުވާލާ ހިނދުންވެސް ބަދަލުވާނެ އެއްޗެއްކަމަށްވިދާޅުވެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވީ ރައީސް ނަޝީދަކީ ވަކިހަމައެއް ވަކި އުސޫލެއް އެއްވެސް އިރެއްގައި ގެންގުޅުއްވާ ބޭފުޅެއް ނޫންކަމަށެވެ. ހިތައް އަރާހާވާހަކައެއް އެވަގުތަކު ހިތައް އެރިގޮތަކަށް ވިދާޅުވަމުން ގެންދަވާ ބޭފުޅެއްކަމަށް ވިދާޅުވިއެވެ. އަދި ވެރިކަމުގެ އެއްވެސް ވައްޓަފާޅިއެއް ތަޖުރިބާއެއްނެތި ވެރިކަން ކުރައްވަން ޖެހިވަޑައިގަތުމުން އޭގެ ނަތީޖާ ރައްޔިތުންނަށް ފެނިގެންދިޔައީ ވަރަށް ހިތިކޮށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

މީގެ އިތުރުންވެސް އަޒްލީން ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި މިގައުމުގެ ވެރިކަން ކުރައްވާނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲޔާމީން އަބްދުލް ގައްޔޫމްކަމަށް ރައްޔިތުން ނިންމާފައިވާކަމަށެވެ.  އެހެކަމުން 2018 ވަނައަހަރު ރިޔާސީ އިންތިޚާބަށް ވާދަކުރައްވާނެ ބޭފުޅަކު ހޮވަން ޕްރައިމަރީ ބާއްވަން ނުޖެހޭކަމަށާއި، އެއީ އެސުވާލެއްވެސް އޮތްކަމެއްނޫންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެސުވާލު ގެންގުޅުއްވި މީހުން ޕީޕީއެމްގައި މިހާރު ނެއްކަމަށް އަޒްލީން ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...