ފުނަދޫ އެއާޕޯޓު އަޅާ ބިން ހިއްކުމަށްޓަކައި މަހާޖައްރާފް ފުނަދޫއަށް މިއަދު ބަނދަރުކުރާނެ - އެމްޓީސީސީ

ށ.ފުނަދޫ އެއާޕޯޓު އަޅާ ބިން ހިއްކުމަށްޓަކައި މަހާ ޖައްރާފް މިއަދު ފުނަދޫއަށް ދާނެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. މަހާ ޖައްރާފު ފުނަދޫ އަށް ބަނދަރުކުރުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 5:00 އިރު ކަމަށް މައުލޫމާތު ލިބެއެވެ.


މިއަހަރު ތެރޭގައި ހަތަރު އެއަރޕޯޓެއްގެ މަސައްކަތް ފެށުމަށް ސަރުކާރުން އިޢުލާން ކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނޭ ފުނަދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް ބަންޑް ވޯލް ޖެހުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. ފުނަދޫ ގައި އެއަރޕޯތެއް އެޅުމުގެ މަޝްރޫޢު ސަރުކާރުން ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮނޓްރެކްޓިންގ ކޮމްޕެނީ އާއެވެ. މަހާޖައްރާފް ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފަށާ، މިމަސް ނިމުމުގެ ކުރިން މަސައްކަތް ނިންމާލާނެ ކަމަށް މީގެ ކުރިން އެމްޓީޓީސީ އިން ބުނެފައިވާއިރު، ފުނަދޫއިން ހިއްކުމަށް ހަމަޖެހިފައިވަނި 62 ހެކްޓަރުގެ ބިމެވެ.


މަހާޖައްރާފް ބޭނުން ކޮށްގެން ބިން ހިއްކާ ދެވަނަ ރަށެއްގެ ގޮތުގައި ފުނަދޫ ވެގެން ދާއިރު މަހާޖައްރާފް ބޭނުންކޮށްގެން އެނަމެ ފުރަތަމަ ބިން ހިއްކާފައިވަނި ހދ.ކުޅުދުށްފުއްށީގައެވެ. އެ ރަށުގައި އެއަރޕޯޓް އެޅުމަށް 15 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އޭގެތެރެއިން 6 ހެކްޓަރަކީ އެރަށުގެ ފަޅުން ހިއްކާފައިވާ ބިމެވެ. އަނެއް 9 ހެކްޓަރަކީ އެރަށުގެ ކުޅިން ހިއްކާފައިވާ ބިމެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...