އިންޑިޔާގައި ބާއްވާ ރިޕަބްލިކް ޑޭ ކޭންޕުގައި ބައިވެރިވާ ކެޑޭޓް ކުދިންނާ އެޑިއުކޭޝަން މިނިސްޓަރ ބައްދަލުކުރައްވައިފި


އިންޑިޔާގެ ދިއްލީގައި ބާއްވާ ރިޕަބްލިކް ޑޭ ކޭންޕުގައި ބައިވެރިވާ ކެޑޭޓް ކުދިންނާ އެޑިއުކޭޝަން މިނިސްޓަ އައިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.

އިންޓަރނޭޝަނަލް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން އެކި ސަރަހައްދުތަކުގެ ކެޑޭޓް ކުދިންގެ މެދުގައި ބޭއްވޭ މި ކޭންޕުގައި ރާއްޖެ ތަމްސީލުކުރާ ކުދިންނާ އަދި އެކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ކުދިންނާ މުޙާތަބު ކޮށް ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ މި ފަދަ ކޭންޕް ތަކުގެ ސަބަބުން ކެޑޭޓް ކުދިންގެ ކުރިއެރުން ވަރަށް ބޮޑަށް ފާހަގަވާ ކަމަށެވެ.


އަދި ކުދިންގެ އަޙްލާގާއި އުޅުމަށްވެސް ބޮޑެތި ފައިދާތަކެއް ކުރާކަމަށް ވިދާޅުވިއެވެ. އަދި ބޭރު ގައުމުތަކުގެ ވެރިންވެސް ރާއްޖޭގެ ކިޔަވާ ކުދިންގެ އަޙުލާގު ރަނގަޅުކަން ފާހަގަކުރައްވާ އެ ވާހަކަ ދައްކާކަމަށް މިނިސްޓާރ ވިދާޅުވިއެވެ. ކެޑޭޓް ކޯ ގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކާނަލް އިޝާން ވިދާޅުވީ މި ކޭންޕުގައި ބައިވެރިވާ ހަތަރު ކުދިންނަށް އިންޑިޔާގެ އިސްވެރިންނާ ބައްދަލުކުރުމުގެ ފުރުސަތުލިބިގެންދާނެ ކަމަށާއި ރާއްޖޭގެ ސަގާފީ ކުޅިވަރުތަކާއި ސަގާފީ އެކިއެކި ހަރަކާތްތަށް މި ކޭންޕުގައި ބައިވެރިވާ އެހެނިހެން ގައުމުތަކުގެ ކެޑޭޓުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނޭކަމަށެވެ.


މިގެ އިތުރުން އިޝާން ވިދާޅުވީ ރާއްޖޭގެ ސްކޫލުތަކުގައި ކެޑޭޓްގެ ހަރަކާތްތަށް އުފެދިފައިވާ ހުރިހާ ސްކޫލުތަކަށް ކޮންމެ ފަހަރަކުވެސް ފުރުސަތުދޭކަމަށެވެ. އެގޮތުން މި ފަހަރުވެސް މި ކަމަށް ޝައުގުވެރިވާ ކުދިންގެ މެދުގައި އިންޓަވިއު ބޭއްވުމަށް ފަހު ކުދިން ހޮވީ ކަމަށް އިޝާން ވިދާޅުވިއެވެ. މި ކޭންޕުގައި ބައިވެރިވާ ކުދިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަނަރަ ވަނަ ދުވަހުއެވެ. ކޭންޕު ނިންމާލުމަށްފަހު މި ކުދިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ ތިރީސް ވަނަ ދުވަހުކަމަށް ކާނަލް އިޝާން ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...