އެސްޓިއޯ އިން އައިވީވައި އުފެއްދުން ރަސްމީކޮށް ބާޒާރަށް ނެރެފި


ތައިލެޑުން އެތެރެކޮށްގެން ވިއްކާ އައިވީވައި ޔޯގަޓް ޑުރިންކް ރަސްމީކޮށް އެސްޓިއޯ އިން ބާޒާރަށް ނެރެފިއެވެ.

އައިވީ ޔޯގަޓް ޑްރިންކް ރަސްމީ ކޮށް ބާޒާރަށް ނެރުމަށް ރަސްރަނި ބަގީޗާގައި ކުރިއަށް ގެންދިޔަ ކުޑަކުދިން ހަވީރުގައި އައިވީ ޔޯގަޓް ޑްރިންކް ރަސްމީކޮށް ބާޒާރަށް ނެރެދެއްވީ އެސްޓީއޯ ރީޖަނަލް ސޭލްސް އެންޑް ފުޑް އެންޑް ބެވަރޭޖަސް ޑިޕާރޓްމަންޓްގެ ސީނިއަރ ޖެނެރަލް މެނޭޖަރ އަޙުމަދު ޝިފާންއެވެ.


އަދި މިއާއި އެކު ރަސްރަނި ބަގީޗާގައި ކުޑަކުދިންނަށް ހާއްސް ހަވީރެއްވެސް ވަނީ ބާއްވާފައެވެ. އެސްޓިއޯއިން މި އުފެއްދުން ބާޒާރަށް ނެރުމަށް ރަސްރަނި ބަޖީޗާ ގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓިއޯގެ ބްރޭނޑް ސުޕަވައިޒަރ ފާތިމަތު ފަނާޒާ ވިދާޅުވީ އައި.ވީ.ވައި އަކީ ކުޑަ ކުދިންގެ އިތުރުން ހުރިހާ އުމުރު ފުރާއަކަށްވެސް ރަނގަޅު އުފެއްދުމެއްކަމަށާއި އައި.ވީ.ވައި އަކީ ޔޯގަޓްގެ މީރު ރަހަ އެކުލެވިގެންވާ ބުއިމެއްކަމަށެވެ.


ޖުމްލަ ހަ ވައްތަރެއްގެ މި އުފެއްދުމުގައި ހުންނާނެ ކަމަށްވެސް ފަނާޒާ ވިދާޅުވިއެވެ. އެސްޓީއޯ އިން ބާޒާރަށް ނެރެ ވިއްކަމުންދާ އައިވީ ޔޯގަޓް ޑްރިންކް އަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް ހާއްސަ، ސިއްހަތަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވިގެންވާ ޔޯގަޓް ޑްރިންކެއްކަމަށް އެކުންފުނިން ބުނެއެވެ.


ތައިލެންޑުގެ މަޝްހޫރު އައިވީވައި އުފެއްދުމަށް ބޭނުންކުރަނީ ޗެކް ރިޕަޕްލިކްއިން އިންޕޯރޓް ކުރާ އެންމެ ތާޒާ ކިރެކެވެ. އައިވީގައި ހިމެނޭ 6 ފެލޭވަރ އަކީ އޮރެންޖް، ބްލޫބެރީ، ލައިޗީ، ޕްލެއިން، ސްޓޯބެރީ އަދި މިކްސް ފުރުޓެވެ. އަދި 48 ޕެކެޓް ހިމެނޭ އައިވީ ކޭހެއް ހޯލްސޭލް ކޮށް ވިއްކަނީ ދުއިސައްތަ ފަންސާސް ރުފިޔާއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...