"ވީރެ ދި ވެޑިން" ރިލީސް ކުރުން ލަސްކޮށްފި

ފިލްމު ވީރެ ދި ވެޑިންގެ ފޯސްޓަރ

ވީރެ ދި ވެޑިން ރިލީސް ކުރުން ލަސްކޮށްފިއެވެ


ހިންދީ ފިލްމު ވީރެ ދި ވެޑިންގެ ފުރަތަމަ ޕޯސްޓަރު އާންމު ކޮށްފައިވާއިރު އެ ޕޯސްޓަރަށްވަނީ ގިނަ ބައެއްގެ ތަރުހީބް ލިބިފައެވެ. އެ ފިލްމަކީ ވިހެއުމަށްފަހު ކަރީނާ ކަޕޫރު ފެނިގެންދާ ފުރަތަމަ ފިލްމުކަމަށްވާއިރު އޭނައަށް ތައުރީފުކުރާ އޭނާގެ ފޭނުން ތިބީ މިފިލްމަށް ކެތްމަދުވެފައެވެ. އަދި އެފިލްމުގައި ކަރީނާ އާއެކު މުހިއްމު ރޯލަކުން ސޯނަމް ކަޕޫރުވެސް ފެނިގެންދެއެވެ.
ވީރު ދި ވެޑިންގެ މަސައްކަތްތައް މިހާރު ކުރެވެމުންދާއިރު އެ ފިލްމު ޝޫޓިން ތަކުގެ ބޮޑު ބައެއްވެސް މިހާރު ނިމިފައިވާކަމަށް ރިޕޯޓްތަކުގައިވެއެވެ. މިފިލްމު ރިލީސްކުރަން މީގެ ކުރިން ނިންމާފައިވަނީ މިއަހަރުގެ މެއި މަހުގެ އަށާރަ ވަނަ ދުވަހުގައެވެ.

ނަމަވެސް ބާލާޖީ މޯޝަން ޕިކްޗާސްއުން އުފައްދާ މިފިލްމު ރިލީސް ކުރާނީ ޖޫން މަހުގެ އެއްވަނަ ދުވަހުގައި ކަމަށް އެކްތާ ކަޕޫރު މިވަނީ ބުނެފައެވެ. މިކަން ހާމަކޮށް އެކްތާ ކޮށްފައިވާ ޓްވީޓެއް ގައި ވަނީ ޖޫން މަހުގެ އެއްވަނަ ދުވަހަކީ ވަރަށް ޚާއްސަ ދުވަހެއް ކަމަށާއި ވީރެ ދިވެޑިން ރިލީސްކުރަނީ ލަކްޝަޔާގެ އުފަންދުވަހުގައި ކަމަށެވެ.
އެކްތާގެ ކޮއްކޮ ތުޝާރުގެ ދަރިފުޅު ލަކްޝަޔާގެ އުފަންދުވަސް ކަމަށްވާ ޖޫން މަހުގެ ދެވަނަ ދުވަހު މި ފިލްމު ރިލީސް ކުރުމަށް ހަމަޖެހިފައިވާއިރު އޭނާ ވަނީ އެ ދެމުނާސަބަތަށް ދައުވަތުދޭ ކަމަށްވެސް އެޓްވީޓްގައި ބުނެފައެވެ.

ކުޑަދުވަސްކޮޅަކަށް ނަމަވެސް މިފިލްމު ލަސްވެގެންދިއުމަކީ މި ފިލްމަށް ކެތް މަދުވެފައި ތިބި މީހުންނަށް ހިތާމަވެރި ޚަބަރަކަށް ވީއިރު ބައެއް ފަރާތްތަކުން ދަނީ ލަކްޝަޔާ ގެ އުފަންދުވަހާއި ދިމާކޮށް ފިލްމު ރިލީސްކުރަން ނިންމުމުން އެކަމަށް މަރުހަބާވެސް ކިޔާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...