ބަނދަރުގެ މަސައްކަތް ސަރުކާރުން ފައްޓަވައިދެއްވައިފިނަމަ ޕީޕީއެމް އާއި ގުޅޭނަން- ހިމަންދޫގެ ކައުންސިލް

އއ. ހިމަންދޫ

އއ. ހިމަންދޫގެ ބަނދަރުގެ މަސައްކަތް ސަރުކާރުން ފައްޓަވައިދެއްވައިފިނަމަ ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްއާއި ގުޅިވަޑައިގަންނަވާނެ ކަމަށް އެރަށުގެ އެމްޑީޕީގެ ތިން ކައުސިންލަރުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާގެ އަނބިކަބަލުން ފާތުމަތު އިބްރާހިމް އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހިމަންދޫ އަށް ވަޑައިގެން އެރަށު ކައުސިންސިލާއި ބައްދަލުކޮށް ރަށުގެ އާއްމު ހާލަތު އޮޅުން ފިލުވާ ރަށަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް ވަނީ އޮޅުންފިލުއްވާފައެވެ. އަދި މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަކީ ހިމަންދޫ ބަނދަރުގެ މައްސަލަކަމަށާއި، އެމައްސަލަ ހައްލުކުރުމަށް ރަށުގެ ހުރިހާ ރައްޔިތުންވެސް ބޭނުންވާކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ރަށުގެ ހުރިހާ ރައްޔިތުންނާއި ގުޅިފައިވާ ބަދަރުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިނަމަ ހުރިހާ ކައުންސިލަރުންވެސް ޕީޕީއެމްއަށް ސޮއިކޮށް، އިޚްލާސްތެރިކަމާއެކު މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައިވާކަމަށް މެޑަމްގެ ދަތުރުފުޅުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ޗެނަލް ތާޓީން އަށް މައުލޫމާތު ދެއްވަމުން ވަނީ ވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ އެރަށުގެ ބަދަރުގެ މަސައްކަތް ކުރިއަށް ގޮސްފައިނުވަނީ އެދާއިރާގެ މަޖިލިސްމެންބަރުގެ އެއްބާރުލުން ނުލިބޭތީކަމަށް ރަށުގެ ރައްޔިތުން ގަބޫލުކުރައްވާކަމަށެވެ. އަދި ދާއިރާގެ ރައްޔިތުންގެ ދިރިއުޅުގެ ހާލަތު ބައްލަވާލެއްވުމަށް ދާއިރާއަށް ޒިޔާރަތް ނުކުރާ ކަމުގެ ޝަކުވާވެސް ރައްޔިތުންގެ ފަރާތުން ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ހިމަންދޫ ހިމެނޭ ދާއިރާގެ މެންބަރަކަށް ހުންނަވަނީ ޖޭޕީގެ ޕާލިމެންޓްރީ ގުރޫޕް މެންބަރު ހުސައިން މުހައްމަދުއެވެ. ހިމަންދޫއަކީ މީގެ ކުރިން އެމްޑީޕީއަށް ތާއީދު ކުރާ ބަޔަކު ތިބި ރަށެއް ނަމަވެސް މިހާރު މިސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވަމުންދާ ކަންތައްތައްފެނި ރައްޔިތުން ވަރަށް ބޮޑަށް އެކަންތައްތައް ފާހަގަކޮށްފައިވާކަމަށް ޔާމިން ވިދާޅުވިއެވެ. އއ. އަތޮޅަށް ރައީސުލްޖުމުހުރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ކުރެއްވި ދަތުރުފުޅުގެ ތެރެއިން  ހިމަންދޫއަށް ވަޑައިގަތުމުން އެކަމަނާއަށްވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...