މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 15.18 ބިލިއަން ރުފިޔާ ބަލައިގަނެފި: މީރާ

މޯލްޑިވްސް އިންލަންޑް ރެވެނިއުއޮތޯރިޓީ (މީރާ)- ފޮޓޯ: ޗެނަލް 13

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އަހަރު ޖުމްލަ 15.18 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެއިދާރާއިން ބުނެފިއެވެ. 


ދައުލަތުގެ ޓެކްސްއިދާރާއިން ބުނީ އެއިދާރާއަށް ބަލައިގެންފައިވާ ފަނަރަ ޕޮއިންޓް އަށާރަ ބިލިއަން ރުފިޔާއަކީ 2016 ވަނައަހަރު އެކުންފުނިން ބަލައިގެންފައިވާ ސާދަ ޕޮއިންޓް ފަންސާސް ދެ ބިލިއަން ރުފިޔާ އަޅާބަލާއިރު ހަތަރެއް ޕްއިންޓް ފަހެއް އިންސައްތަ އިތުރު އަދަދެއްކަމަށާއި އަދި މިއީ މިދިޔަ އަހަރު އެކުންފުންޔައް ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ ހަތަރެއް ޕޮއިންޓް ދޭއް އިންސައްތަ އިތުރު އަދަދެއްކަމަށެވެ. އަދި މިދިޔަ އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންކަމަށް ވާއިރު އެއީ ސާޅީސް ފަހެއް ޕޮއިންޓް އެކެއް  އިންސައްތަ ނުވަތަ ހައެއް ޕޮއިންޓް އަށްޑިހަ ފަހެއް އިންސައްތަ   ބިލިއަން ރުފިޔާކަމަށް އެކުންފުނިން މައުލޫމަތުދެއެވެ.


އަދި ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރީ ބީ.ޕީ.ޓީން ކަމަށްވީއިރު އެއީ ސަތާރަ ޕޮއިންޓް ހައެއް އިންސައްތަ ނުވަތަ ދޭއް ޕޮއިންޓް ފަސްދޮޅަސް އަށެއް ބިލިއަން ރުފިޔާކަމަށް އެކުންފުނިންބުނެއެވެ. މީގެ އިތުރުން ހުސްވި ޑިސެންބަރު މަހު ބަލައިގަތް ޖުމުލަ އާމްދަނީ އެކެއް ޕޮއިންޓް ތިރީސް ހަބިލިއަން ރުފިޔާއަށް އަރާއިރު މިއީ 2016 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު ދިހައެއް ޕޮއިންޓް އެކެއް އިންސައްތަ އިތުރު އަދަދެއް ކަމަށްވެސް އެކުންފުނިންބުނެއެވެ. އަދި މިއީ މިދިޔަ ޑިސެންބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ ހައެއް ޕޮއިންޓް އަށެއް  އިންސައްތަ އިތުރު އަދަދެއްކަމަށްވެސް އެކުންފުނިން ބުނެއެވެ.


މިހާބޮޑު ކުރިއެރުމެއް އައިސްފައިވަނި ޖީ.އެސް.ޓީ، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ އަދި ޓުއަރިޒަމް ދާއިރާގެ ޓެކްސްތަކުން ލިބިފައިވާ އަދަދު މިދިޔަ އަހަރުގެ ޑިސެންބަރު މަހު އިތުރުވުމުންކަމަށް އެކުންފުނިންބުނެއެވެ. އަދި ހުސްވި ޑިސެންބަރު މަހު އެކުންފުންޔައް ބަލައގެން ފައިސާގެ އާމްދަނީގެ ތެރޭގައި ފަސްދޮޅަސް ހައެއް ޕޮއިންޓް އެއް މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށް މީރާއިން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...