ސިއްޙީ ޙިދުމަތް މިއަހަރު އިތުރަށް ރަނގަޅުވެގެންދާނެ: ޝަހީރު

އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތުޝަހީރު- ފޮޓޯ: ޗެނަލް 13

އޯގާތެރިކަމާއި އިޚްލާސްތެރިކަމާއިއެކު މިހާރާށް ވުރެން ފުރިހަމަ ސިއްޚީ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޯށްދެއްވުމަށް އިތުރު މަސައްކަތްތަކެއް މިއަހަރު ކުރުމަށް ހަމަޖެހިފައިވާކަމަށް އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވެއްޖެއެވެ. ފަރުހަތު މިހެން ވިދާޅުވީ ސިއްހީ ޚިދުމަތައް 70 އަހަރު ފުރުން ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކ. ހުރާގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.


ސިއްހީ ޚިދުމަތައް 70 އަހަރު ފުރުން ފާހަގަކުރުމަށް އައިޖީއެމްއެޗްއިން ކުރިއަށް ގެންދާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން ކ. ހުރާގައި ކުރިއަށް ގެންދިޔަ ހަފްލާގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ ރާއްޖޭގައި ސިއްޚީ ޚިދުމަތް ދޭން ފެށިތާ 70 އަހަރު ފުރޭ މިއުފާވެރި މުނާސަބަތާއި ގުޅިގެން މިދާއިރާ އިތުރަށް ތަރައްގީކުރުމަށް އާއުއްމީދު ތަކަކާއި އާލަނޑުދަނޑިތަކަކާއިއެކު މިއަހަރު އިތުރު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އޯގާތެރިކަމާއި އިޚްލާސްތެރިކަމާއިއެކު މިހާރާށް ވުރެ ފުރިހަމަ ސިއްޚީ ޚިދުމަތްތަކެއް ކުރިއަށް އޮތްތަނުގައި އައިޖީއެމްއެޗްއިން ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިޖުތިމާއި ޒިއްމާއެއްގެ ގޮތުގައި ދެކި ޚާއްސަ އެހީތެރިކަމެއްފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ފަރުހަތު ވިދާޅުވިއެވެ.

އައިޖީއެމްއެޗްއިން  ހުރާގައި މެޑިކަލް ކޭމްޕްއެއް ބާވާފައިވާއިރު، މިކޭމްޕްގައި އެރަށުގައި ތިބި މާބަނޑު މީހުން ވަނީ ސްކޭންކޮށްފައެވެ. އަދި ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރވެދޭނެ ތަކެތި ހަވާލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މިއަހަރުތެރޭގައި އައިޖީއެމްއެޗްގެ މުވައްޒަފުން ވެފައިވާ އަހަރީދުވަހުގެ ވައުދާއި އެއްގޮތަށް ގުރައިދޫ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒްގެ އިތުރުން ކުޑަކުދިންގެ ހިޔާގައި ހިލޭސާބަހަށް އެއްގަޑިއިރުގެ ޚިދުމަތް ދިނުމަށް ނިއްމާފައިވާއިރު މިއަހަރު އައިޖީއެމްއެޗްގެ ކޮންމެ މުވައްޒަފެއްގެ މަހުމުސާރައިން ވަކިވަރެއް ހުރާގައި ގާއިމް ކޮށްފައިވާ ޚާއްސައެހީއަށް ބެނުންވާ މަރުކަޒައް ހަދިޔާކުރުމަށްވެސް ވަނީ ނިންމާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...