އެންމެ ގިނަ މީހުން ބަލާ ހިންދީ ޑްރާމާ ސީރީޒް އަކަށް "ތާރަކް މެހެތާކަ އުލްޓާ ޗަޝްމާ"

ތާރަކް މެހެތާކަ އޫލްތާ ޗަޝްމާ

މައްސަލަތަކެއް ނުޖެހި ކުރިއަށް ގެންދާ ތާ އެތައް އަހަރެއް ވެފައިވާ ޑްރާމާ އެއްކަމަށްވާ "ތާރަކް މެހެތާކަ އުލްޓާ ޗަސްމާ" އެންމެ ގިނަ އިން މީހުން ބެލި ޑްރާމާގެ އެއްވަަނަ އަށް ލިސްޓް ކުރެވިފައިވާއިރު މިޑްރާ މާ މިލިސްޓްގެ ފުރަތަމަ ޑްރާމާ ތަކުގެ ތެރޭގައި ހިމެނޭތާވެސް އެތައް އަހަރު ތަކެއްވެއްޖެއެވެ.


ތާރަކް މެހެތާކަ އުލްޓާރ ޗަސްމާއަކީ ކޮމެޑީ ޑްރާމާއެއްކަމަށްވާއިރު މިޑްރާމާއިން ދައްކުވައިދެނީ ސޮސައިޓީއެއްގެ ތެރޭގައި ހިނގާ ތަފާތު ކަންތައްތަކެވެ. އަދި އެގޮތަށް ދިމާވާ ކަންތައްތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ ކަންތައްތައް ހައްލުކުރާނެ ގޮތް މިޑްރާމާއިން ދައްކުވައިދެއެވެ.

މިފަހަރު މިޑްރާމާއިން އެއްވަނަ މަގާމު ހޯދާފައިވަނީ ގިނަ ބައެއްގެ މެދުގައިވެސް މަގުބޫލު ޑުރާމާތަކެއް ފަހަތައް ޖައްސާލުމަށްފަހުގައެވެ. އޭގެ ތެރޭގައި "ކުމްކުމް ބާގްޔާ" ކުންޑްލީ ބާގްޔާ" " ޔޭރިޝްތާ ކިޔާ ކެހެލާތާ" ހިމެނެއެވެ.

މިލިސްޓްގެ ދެވަނަ ޑާންސް ރިއަލިޓީ ޝޯއެއްކަމަށްވާ " ސްޕާރ ޑާންސާރ ޗެޕްޓާރ 2 " އަށް ލިބިފައިވާއިރު ތިންވަނަ ހަތަރުވަނަ ލިބިފައިވަނީ " ކުންޑްލީ ބާގްޔާ " އަދި " ކުމްކުމް ބާގްޔާ" އަށެވެ. ފަސްވަނަ ލިބިފައިވަނީ " ޔޭރިޝްތާ ކިޔާ ކެހެލާތާ" އަށެވެ.

މީގެއިން ދޭހަވެގެންދަނީ ރިއަލިޓީ ޝޯތަށް ބެލުމުގެ ބަދަލުގައި ޑްރާމާ ބަލާ މީހުން ޑެއިލީ ސޯޕްތައް ބަލާކަމެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. މާހިރު 13 ޖެނުއަރީ 2018 - 16:45

    ތީ މަވެސް ވަރަށް ބަލާޑްރާމާއެއް

ގުޅުން ހުރި
"ސަޅަކު 2" 2020 ވަނަ އަހަރު
Loading...