ބިގްބޮސް 11: ޝިލްޕާއަށް ކާމިޔާބް ވާނެބާ؟

ހިންދީ ޓީވީ ތަރި ޝިލްޕާ ޝިންޑޭ

"ބާބީޖީ ގަރުޕަރު ހޭ" އިން މަޝްހޫރު ކަން ހޯދި ޝިލްޕާ ޝިންޑޭގެ މަޝްހޫރު ކަން މިހާރު މާބޮޑެވެ.


ބިގްބޮސް ޝޯގެ ޓޮޕް ހަތަރެއްގައި ވާދަކުރަމުންދާ ޝިލްޕާ ޝިންޑާއަކީ މި ޝޯގެ އެންމެ މަގުބޫލު އެއްބައިވެރިއާއެވެ. ސަލްމާން ޚާންވެސް ވަނީ އެތައް ފަހަރެއްގެ މަތިން އޭނާ އަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ. ޝޯ ފެށިގެން އައިރު މީހުންގެ ފަރާތުން އޭނާ އަށް ނުރުހުން ރައްދުވިއެވެ. އެއީ އޭނާ ވިކާސް ގްޕްތާއަށް ޖެއްސުންކޮށް އުދަގޫކުރުމުގެ ސަބަބުންނެވެ. ހުއްޓުމެއްނެތި ވިކާސްއަށް އޭނާ ޖެއްސުން ކުރުމުގެ ސަބަބުން އޭނާއަށް ސަލްމާންގެ ފަރާތުންވެސް ނުރުހުމުގެ ބަސްތަކެއް އަމާޒްވިއެވެ. ނަމަވެސް ބިގްބޮސްގެ އަދި އެދެމީހުންގެ ފޭނުންގެ އެދުމުގެމަތިން ދެމީހުންގެ މެދުގައި އޮތް ދެކޮޅުވެރިކަން ދޫކޮށްލުމަށްފަހު އެންމެ ގާތް ދެއެކުވެރިންގެ ގޮތުގައި ޝޯގައި އުޅެންފެށިއެވެ.

ދޭތެރެ ދޭތެރެއިން ޚީޔާލު ބަދަލުވިކަމުގައިވިޔަސް މިދެމީހުން އެކުވެރިކަން ބެލުންތެރިންނަށް ވަރަށް ކަމުދެއެވެ. މި ޝޯގައި ބާކީ އެންމެ ދެދުވަސް އޮތް އިރު މި ޝޯ ގެ ފައިނަލަށް ގޮސްފައިވާ ހަތަރު ބައިވެރިންނަކީ އާއްމުންގެ ތެރެއިން ޝޯގައި ބައިވެރިވި ޕްނީޝް ޝަރުމާ ދެން ސެލެބްރިޓީންގެ ތެރެއިން ޝިލްޕާ ޝިންޑޭ، ވިކާސް ގްޕްތާ، އަދި ހީނާ ޚާންއެވެ. މި ހަތަރު ބައިވެރިންގެ ތެރެއިން ވެސް އެންމެ ވާދަވެރިކަން ބޮޑީ ޝިލްފާ އަދި ހީނާ އާއި ދެމެދުގައެވެ.

މިދެމީހުންގެ ތެރެއިން ހީނާ އަށް ވުރެ ގިނައިން ވޯޓް ލިބި އެންމެ ކުރީގައި އުޅެނީ ޝިލްޕާއެވެ. މި ޝޯއިން ޝިލްފާގެ ފޭނުންގެ ލިސްޓަށް އެތައް ބަޔަކު އިތުރުވެފައިވާއިރު އެމީހުންގެ މެދުގައި ޝިލްޕާ މަގުބޫލު އެތައް ސަބަބުތަކެއް ވެެއެވެ. އޭގެ ތެރޭގައި ކެތްތެރިކަން ފާހަގަކުރެއެވެ. ގޭގެ އެންމެން އެކުވެގެން އޭނާ އާއި އިދިކޮޅަށް ޒުވާބު ކުރި ނަމަވެސް ގިނަ ފަހަރަށް އެއަށް އޭނާ ރައްދު ދީފައެެއް ނުވެއެވެ. ގޭގެ އެންމެންނަށް ކައްކާފަ ކާން ދިނުމުގައިވެސް ޝިލްފާވަނީ އެންމެންގެ ހިތް އަތުލާފައެވެ. ނަމަވެސް މިއަށްވެސް އޭނާ އާއެކު އުޅޭ ބައިވެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަދައްކާފައެވެ.

ބެލުންތެރިން ޝިލްޕާ ފާހަގަކޮށްފައިވަނީ ވަރަށް ހިތްތިރި މީހެއްގެ ގޮތުގައެވެ. ބިގް ބޮސްގެ ގޭގައި އޭނާ އާއެކު އުޅޭ ބައެއް މީހުންނާއި އެތައް މައްސަލަތަކެއް ޖެހުނު ނަމަވެސް އެއްވެސް މީހަކަށް އޭނާ ދެރަގޮތެއް ނޭދޭއިރު އޭނާ އަށް ބައެއް ބައިވެރިން ވަނީ މައެއްގެ ދަރަޖަ ދީފައެވެ. އޭގެތެރޭގައި އަރުޝީ އަދި އާކާޝް ޑަޑްލާނީ ހިމެނެއެވެ. މީގެ ކުރިން ގެއިން އެލިމިނޭޓްވި މީހުންގެ ތެރޭގައި އެލިމިނޭޓް ވިއިރު ޝިލްފާއާއި އިދިކޮޅަށް ހީނާ އާއި އެއްކޮޅަށް ތިބި ގިނަ ބައިވެރިންވަނީ ޝޯގެ އެޕިސޯޑްތަށް ބެލުމަށްފަހު ޝިލްޕާގެ ކިބައިން މާފަށް އެދިފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަަގަވެގެންދަނީ ބީނާފްޝާ ސޫނާވާލާއެވެ.


ޝިލްޕާއަކީ ހިތްހެޔޮ އޯގާތެރި އެހެންމީހުންނަށް އަޅާލާ މީހެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު އޭނާ އަށް ބިގް ބޮސް ކާމިޔާބު ނުވާކަމަށް ބުނާ ބަޔަކުވެސް ދަނީ އެމީހުން ދެކޭ ގޮތް ބުނަމުންނެވެ. އެމީހުން ބުނާ ގޮތުގައި އެ ޝޯގައި ޝިލްޕާ ބިގް ބޮސްދޭ ޓާސްކްތައް ކުރާހިތުން ކޮށްފައި ނުވެއެވެ. އަދި ކެޕްޓަނަކަށް ވުމަށް ލިބުނު އެތައް ފުރުސަތެއް އޭނާ ވަނީ ދޫކޮށްލާފައެވެ. މިކަމުގެ ސަބަބުން އޭނާ އަށް ޝޯ ކާމިޔާބް ނުވާނެކަމަށް އެމީހުން ގަބޫލުކުރެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޝިކާސް 14 ޖެނުއަރީ 2018 - 00:04

    މިއީ ޝިލްޕާގެ ޖާނީއާއި ބެހޭ ގޮތުން ލިއެފަ އޮތް ރަނގަޅު ލިއުމެއް. އަހަރެންވެސް ބޭނުންވަނީ އޭނަ ޝޯ ކާމިޔާބް ކުރަން

ގުޅުން ހުރި
Loading...