މިހާތަނަށް ނުވަދިހަ ފަސްހާހަށްވުރެ ގިނަ މީހުން އައިޖީއެމްއެޗްގެ އެމްއާރުއައި ޚިދުމަތް ހޯދާފައިވޭ- ހެލްތް މިނިސްޓްރީ

އައިޖީއެމްއެޗްގެ ޚިދުމަތަށް އެދޭ މީހުން އަންނަނީ ގިނަވަމުން: ފޮޓޯ ޗެނަލް13

މިސަރުކާރު ވެރިކަމަށް އައި ފަހުން ރާއްޖޭގެ ސިއްޙީ ނިޒާމަށް ދުވަހަކުވެސް ނާންނަވަރުގެ ކުރިއެރުމަކާ ތަރައްޤީއެއް އައިސްފައިވާކަމަށް ބުނުމަކީ އެއްވެސް މީހަކު ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ސިއްޙީ ދާއިރާގެ ޝިއާރަކަށް "ފުރިހަމަ ސިއްޙަތަކަށް މުޅިޤައުމު އެކުގައި" ކަނޑައަޅާފައި ވުމުން ދޭހަ ކޮށްދެނީ އަދުގެ ސަރުކާރުން ދިވެހި ރައްޔިތުންގެ ސިއްޙަތަށް އަހަމިއްޔަތުކަންދޭ މިންވަރެވެ. 


ސަރުކާރުގެ އަމާޒަކަށް އަބަދުވެސް ވެފައިވަނީ ދިވެހިރާއްޖެއަކީ ޞިއްޙީގޮތުން ދުޅަހެޔޮއާބާދީއެއް އޮތް ޤައުމަކަށް ހެދުމަށް، ހަމަހަމަ ކަމާއެކު ލިބިގަނެވޭ، ފެންވަރު ރަނގަޅު، ފަސޭހައިން ރައްޔިތުންނަށް ވާސިލްވެވޭ ފުރިހަމަ ޞިއްޙީ ޚިދުމަތެއް، އެންމެންގެ ބައިވެރިވުމާއެކު ފޯރުކޮށްދެވޭކަން ކަށަވަރުކުރުމެވެ. ރާއްޖޭގެ ސިއްޙީ ޚިދުމަތް ފުޅާ ކުރުމަށް މެދުކެނޑުމެއްނެތި މި ސަރުކާރުން ކުރަމުންދާ މަސައްކަތް އެންމެހާ ދިވެހި ރައްޔިތުންގެ ލޯމައްޗަށް ދަނީ ފެންނަމުންނެވެ.


އެގޮތުން ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސިއްޙީ ދާއިރާއަށް ޙާއްސަ ކޮށްގެން ގިނަ މަޝްރޫއުތަކެއް ހިންގާފައިވާއިރު، ގިނަގުނަ ކާމިޔާބީ ތަކެއްވެސް ވަނީ ހޯދާފައެވެ. ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގައި ސިއްޙީ ދާއިރާއިން ކުރަމުން އަންނަ ކަންތައްތަކަށް ބަލާލާއިރު އުމުރުން 65 އަހަރުންމަތީގެ، އެނދުމަތި ކުރެވިފައިވާ މީހުންނަށް ގޭގައި ތިބެގެން އަށާވީސް މީހުންނަށް މާލެއިން ޚިދުމަތް ދީފައިވާއިރު، އަތޮޅުތެރޭގައި 1138 ބަލިމީހަކަށް މިހާރުވެސް ދަނީ ފަރުވާދެމުންނެވެ.


ސިއްޙީ ޚިދުމަތުގެ ހިންގުން ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށް ޞިއްޙީ ޚިދުމަތުގެ ޤާނޫނާއި، ޞިއްޙީ ޚިދުމަތްތެރިންގެ ޤާނޫނު 2016 ވަނަ އަހަރު ތަސްދީގު ކުރެވި މިޤާނޫނުތައް ދަނީ ތަންފީޒުކުރަމުންނެވެ. އަދި ޞިއްޙީ ދާއިރާގެ ދުރުރާސްތާ ޕްލޭން، 2025-2016 އަށް ވަނީ އާންމުކުރެވިފައެވެ. މީގެއިތުރުން ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ނޭޝަނަލް ކޮލިޓީ ފްރޭމްވޯރކެއްގެ ދަށުން މުޅިން އާ 50 ޓްރީޓްމަންޓް ގައިޑްލައިން ތައްޔާރުކުރެވި ތަންފީޒީ މަރުހަލާ މި ހިނގާ 2018 ގައި ފެށިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.


ސިއްޙީ ޚިދުމަތްތެރިން ބިނާކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން 52 ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް ފޮނުވުމާއި، 138 ޑޮކްޓަރުން އެމްބީބީއެސްއަށް ފޮނުވުމާ، 281 ސިއްޙީ ޚިދުމަތްތެރިންނަށް ޕޭލީވް ދިނުމާ، 110 ޑޮކްޓަރުން އިންޓާންޝިޕަށް ފޮނުވުމުގެ އިތުރުން މިނިސްޓްރީ އޮފް ހެލްތާ އެމްއެންޔޫއާ ދެމެދު 2017 ވަނަ އަހަރު ސޮއެކުރެވުނު ފަހުމުނާމާގެ ދަށުން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޑިޕްލޮމާ އެންޑް ޑިގްރީ ފެންވަރުގެ ނާސިންގ ޕްރޮގްރާމަށް ފުރުސަތު ދެވިގެންދިޔަކަމަށް ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ތަފްސް ހިސާބުތަކުން ދައްކައެވެ. 


މީގެއިތުރުން އައިޖީއެމްއެޗްގައި 2017ގެ ނިޔަލަށް ކްޓިކަލް ކެއަރ ދިނުމަށް 27 އެނދު އިތުރުކުރެވިފައިވެއެވެ. އެ ހޮސްޕިޓަލްގައި އަލަށް ފެށުނު ޚިދުމަތްތަކުގެ ތެރޭގައި 2015 ވަނަ އަހަރު އެމްއާރުއައިގެ ޚިދުމަތާ، ވޫންޑް ކެއަރ ކްލިނިކްގެ ޚިދުމަތް ފެށިފައިވާއިރު، 2016 ވަނަ އަހަރު ފެށުނު ޚިދުމަތްތަކުގެ ތެރޭގައި ނެޝަނަލް ކާޑިއެކް ސެންޓަރުގެ ޚިދުމަތާ، ޔޫރޯ ރީނަލް ފާޓިލިޓީ ސެންޓަރުގެ ޚިދުމަތާ އަދި ސްލީޕް ލެބްގެ ޚިދުމަތް ހިމެނެއެވެ. އައިޖީއެމްއެޗްގައި އަލަށް ފެށުނު ޚިދުމަތް ދެވިފައިވާ މީހުންގެ އަދަދުވެސް ވަރަށް ބޮޑުތައް އިތުރުވެފައި ވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެމްއާރުއައިގެ ޚިދުމަތް 95000 ވުރެން ގިނަ މީހުން ހޯދާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.


އަދި ހުޅުމާލޭ ހޮސްޕިޓަލްވެސް އިތުރަށް ތަރައްޤީކޮށް، 2017 ވަނަ އަހަރު ކެންސަރުބައްޔަށް ފަރުވާދިނުމާ، ލެބޯޓްރީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިގެންދިޔައެވެ. މީގެއިތުރުން ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ފާމަސީގެ ޖުމްލަ އަދަދު 2013 އިން 2017 ވަނަ އަހަރުގެ ނިޔަލަށް 218 އިން 339 އަށް އިތުރުވެފައިވެއެވެ. ޢާންމް ސިއްޙަތު ރައްކާތެރިކުރުމަށް ވޭތުވެދިޔަ ހަތަރު އަހަރު ނައްތާލެވިފައިވާ ބަލިތަކުގެ ތެރޭގައި ޕޯލިއޯ، މެލޭރިއާ، ފައިލޭރިއާ، ނިއޯނޭޓަލް ޓެޓްނަސް އަދި މީސަލްސް ނުވަތަ ހިމަބިހި ހިމެނެއެވެ. އަދި ގައިންގަޔަށްނާރާ ބަލިތަކުން ރައްކާތެރިވުމަށްވެސް ގިނަ މަސައްކަތްތަކެއްކުރެވި ކާމިޔާބީތަކެއް ހާސިލްކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ.


ސަރުކާރުން މިދާއިރާއަށް އަލަށް ފޯރުކޮށްދިން ޚިދުމަތެއް ކަމަށްވާ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތްވެސް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި 44 ފަރާތަކުން އަރާފައިވާކަމަށް ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުކުން ދައްކައެވެ. ސިއްޙީ ދާއިރާއަށް މި ސަރުކާރުން ދީފައިވާ ޚިދުމަތްތަކާ، ކޮށްފައިވާ ހޭދަޔަކީ މިއަދު ދިވެހި ރައްޔިތުން އޭގެއަގު ވަޒަންކުރަން ޖެހޭނެހާ ގިނަގުނަ ޚިދުމަތްތަކަކާ ހޭދަ ތަކެއްކަން ޔަޤީނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
"ޖެނެރަލް މުސްތަފާ"
Loading...