ރާއްޖޭގެ މަހާ ރެހެންދިއަށް ރާއްޖޭގެ ރައްޔިތުންގެ ލޯބި ފެނި އިދިކޮޅު ފަރާތްތަކުގެ މޭ ފިތިއްޖެ


ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް އަށް ދިވެހި ރާއްޖޭގެ ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ލޯތްބާއި ގަދަރު ފެނި އިދިކޮޅު މީހުން ހިތް ފަޅައިގެން ހިނގައްޖެއެވެ. ރާއްޖޭގައި މީގެކުރިން މަހާރެހެންދި އަކަށް ނުލިބޭ ފަދަ ބޮޑު ތަރުހީބެއް ރައްޔިތުންގެ ފަރާތުން ލިބޭ މަންޒަރު ފެނި އެކަމާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ ހިތް ކުދިކުދިވެ ހިތައް މާޔޫސްކަމެއް ކުރިމަތި ކުރުވައިފިކަން ވަރަށް ބޮދަށް ހާމަވެއްޖެއެވެ.


ރާއްޖޭގެ މަހާރެހެންދި މެޑަމް ފާތިމަތު އިބްރާހީމް ރާއްޖޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި އެ ރަށްތަކުން އެކަމަނާއަށް މަރުހަބާ ދެންނެވުމުގައި ރައްޔިތުން އެކަމަނާއެކު ސެލްފީ ނަގަނީ ދުވަހު ކުލި ނުވަތަ އެކަމަށް ޙާއްސަ ކޮށްފައިވާ ޓީމަކުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވަނީ ޓްވީޓްކޮށްފައެވެ. މަހުލޫފް މަރުފަލި ޖަހާ ސިޔާސީ ޕާރޓީއަކުން ނުފެންނަ ނުވަތަ އެމްޑީޕީގެ ވެރިކަމެއްގައި ލައިލާ އަށް ދިވެހި ރައްޔިތުންގެ ހިތުން ނުލިބުނު ލޯތްބަކާއި ގަދަރެއް މި އަދުގެ ފަސްޓްލޭޑީ ފާތިމަތު އިބްރާހީމްއަށް ލިބިވަޑައިގަންނަވަނީ އެއްވެސް ހާލެއްގައި އެކަމަނާ ކީރިތި ކުރައްވާ އާދޭސް ދަންނަވައިގެން ނޫންކަން މި އަދު ރައްޔިތުން ގަބޫލުކުރާނެއެވެ. ރަށްތަކަށް ކުރައްވާ ދަތުރުފުޅު ތަކުގައި ވިޔަސް އަދި އާންމު ތަންތަނުގައި ބާއްވާ އެކި އެކި ހަފްލާ ތަކުގައިވެސް އެކަމަނާގެ ހަށިކޮޅާ ގާތްކުރައްވައިގެން ފޮޓޯ ނަންގަވަނީ ހަމައެކަނި ކަނބަލުންނާއި، ތުއްތު ކުދިންނާއެކުއެވެ.


އެއްވެސް ހާލަތެއްގައި އެކަމަނާ ފިރިހެނަކާ ގައިގޯޅިވެގެން ފޮޓޯއެއް ނުނަންގަވާ. ނަމަވެސް އެއާ ޚިލާފަށް މާޒީގައި ރައްޔިތުންނަށް ފެނިގެން ދިޔައީ އިސްތިއުފާދެއްވި ރައީސް ނަޝީދު ރައްތަކަށް ނުވަތަ ބޭރު ގައުމުތަކަށް ވަޑައިގެން ކަމުގައި ވިޔަސް މީހެއްގެ އަނތްބެއް ނުވަތަ ވަކި އުމުރެއް ނުބައްލަވާ ހިލޭ އަންހެނުންނާ ގައިގޯޅިވެ، ބައްދާ ފޮޓޯ ނަންގަވާ މަންޒަރެވެ. ދީނީ ނަޒަރުން ބަލާއިރުވެސް ފޮޓޯ ނެންގެވުމުގައި ދެބޭފުޅުންގެ ހުރި ފަރަގު ކިތަށްމެހާވެސް ބޮޑު އެހެންނޫންތޯ.. އެހެންކަމުން މާމޮޅު ވާހަކައެއް ކަމަށް ހީކޮށް، ވަކި ބޭފުޅަކު ބަދުނާމްކުރުމަށް ދެއްކި އެވާހަކަތަކުގެ ސަބަބުން އަނެއްކާވެސް މިއޮތީ އަތަށް ގޮވާފައެވެ.


ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް އަށް މި ދެވިހި ފަސްގަނޑުގައި ވިންދު ޖަހާ ކޮންމެ ރައްޔިތެެއްގެ ފަރާތުން ލޯތްބާއި އިހްތިރާމް ނުލިބެންވީ އެއްވެސް ސަބަބެއް ނެތެވެ. އެކަމަނާއަކީ މި ދިވެހި ރާއްޖެގެ ރައްޔިތުންނަށް އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ލާބައާއި މަންފާތަކެއް ހޯދައިދެއްވުމުގައި ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަނބަލެކެވެ.  ވަކި އުމުރެއް ވަކި ފަންތިއެއް ވަކި ގިންތިއަކަށް ބެއްލެވުމެއްނެތި ދޭހާ އަތްވާއި، ވެހޭހާ ވާރޭގައި ކެނޑިނޭޅި ރައްޔިތުންގެ ހައްގުގައި އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ރައްޔިތުންނަށް އުފާވެރި ހަޔާތެއް ނުވަތަ މާޔޫސްވެފަ ތިބި ގިނަ ރައްޔިތުންތަކެއްގެ ހިތްތަކަށް އާރޯކަމެއް ގެނެސްދެއްވި ކަނބަލެކެވެ.


އެކަމަނާ ކުރައްވާ މަސައްކަތްތަކުގެ ތެރެއިންވެސް އެންމެ އިސްކަމެއް ދެއްވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ދުވަސްވީ މީހުންގެ ކަންކަމެވެ. ހަމަ ނިދި ނުކުރައްވާ ވެސް އެކަމަނާ މަސައްކަތް ކުރައްވަނީ ލޮބުވެތި މި ގައުމަށެވެ. ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް އެކަމަނާ ވަޑައިގަތުމުން މިއަދު މުޅި ދިވެހި ރައްޔިތުން މަރުހަބާ ކިޔަނީ އުފާވެރި ހިނިތުންވުމަކާއެކުއެވެ. ރައްޔިތުންގެ ފަރާތުން އެކަމަނާއަށް ކިޔާ ހޫނު މަރުހަބާގެ ސަބަބުން ޙުދު އެކަމަނާގެ ލޯފުޅުންވެސް ކަރުނަ ހިލިގެންދާ ފަހަރު މަދެއްނޫންނެވެ. ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ރައީސެއްގެ އަނބިކަނބަލަކަށް ރާއްޖެއިން ނުލިބޭހާ އިހްތިރާމައި ލޯތްބާއި ކުލުނު މެޑަމް ފާތުންއަށް ލިބިގެން ދިއުމަކީ މިއަދު އިދިކޮޅުގައި ތިބި ގިނަ މީހުންނަށް ބަލަން ކުޅަދާނަ މަންޒަރަކަށް ނުވިއެވެ.


ވާނީވެސް އެހެންތާ..މީގެއިތުރުން ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި ކާމިޔާބު އަންހެނަކު ވާނެކަމަށް ބުނާ ބީދައިން މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނެވި މައްޗަންގޮޅި ކާމިނީގޭ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ނުވަތަ ރާއްޖޭގެ މަހާރެހެންދި ފެންނަނީ މި ސަރުކާރުގެ ސިޔާސީ ފަޅީގެ މައި ތަނބެއްގެ ގޮތުގައެވެ. ރައީސް ޔާމީންގެ އަމިއްލަ ދިރިއުޅުއްވުމާ އެއް ވަރަށް ސިޔާސީ މަސައްކަތްތަކުގައި ވެސް އެކަމަނާ ހުންނަވަނީ އެންމެ ކުރީ ސަފުގައެވެ.


މިއީ ދިވެހި ތާރީޚުގައިވެސް މަހާރެހެންދި އެއްގެ ފުށުން ރައްޔިތުންގެ ލޯތަކަށް ފެނިގެންދިޔަ މަންޒަރެއްނޫން. ފާއިތުވެގެންދިޔަ ދިގު ތާރީހުގައިވެސް ފަސްޓްލޭޑީގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް އެތަށް ކަނބަލުންނެއް ފެނިގެން ހިނގައްޖެއެވެ. އެގޮތުން މީގެ ކުރީގެ ފަސްޓްލޭޑީން ކަމަށްވާ، 30 އަހަރު ވެރިކަން ކުރެއްވި މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އާއި އިސްތއިުފާދެއްވި ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ ވެސް ފެނިވަޑައިގެންނެވީ ހަމަ އެކަނި ފޮޓޯގަނޑެއްގެ ގޮތުގައެވެ. ރަސްމީ ހަފްލާތަކުން ފެނިލުން ފިޔަވައި އެކަނބަލުންގެ މާބޮޑު ދައުރެއް ފެނިގެން ގޮސްފައެއް ނުވެއެވެ.


މެޑަމް ފާތުން ރައްޔިތުންގެ ލޯބި ހޯއްދެވީ ރައްޔިތުންނަށް ލޯބި ދެއްވައިގެންނެވެ. އަދި ރައްޔިތުންގެ އަގު ވަޒަންކުރައްވާ އެކަމަނާގެ ޚިދުމަތް ހުރިހާ ރައްޔިތުންނަށް ވެސް ފޯރުކޮށްދެއްވައިގެން. އެހެންކަމުން ރައްޔިތުންގެ ލޯތްބަކީ ވެރިކަމުގެ ކޮއިލުތެރެއިން ލިބޭ އެއްޗެއް ނޫންކަން މިއަދު ރައްޔިތުންނަށް ސާބިތުކޮށްދެއްވީ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމްއެވެ. މިއީ ޝައްކެތް ވެސް އޮތްކަމެއްނޫނެވެ.  


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
"ޖެނެރަލް މުސްތަފާ"
Loading...