އައިޖީއެމްއެޗްގެ ލެބޯޓްރީ ނެޝަނަލް ރެފަރެންސް ލެބޯޓްރީ އަކަށް ބަދަލު ކޮށްފި


ނެޝަނަލް ރެފަރެންސް ލެބޯޓްރީ ފޯ އެންޓިމައިކްރޯބިއަލް ރެސިސްޓަންސް ސަވައިލަންސްގެ ގޮތުގައި އައި.ޖީ.އެމް.އެޗްގެ ލެބޯޓްރީ ހަމަޖެހުމާއި ގުޅިގެން މިކަމާބެހޭ ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް ހަތްދިހަ އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޙާއްސަ ހަފްލާގައި މި ފަހުމުނާމާގައި ސޮއި ކުރެއްވީ އައިޖީއެމްއެޗްގެ ޗީފް އެގްޒެކްޓިވް އޮފިސަރ ފަރުހަތު ޝަހީރު އާއި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.


މި ހަފްލާގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޗީފް އެގްޒެކްޓިވް އޮފިސަރ ފަރުހަތު ޝަހީރު ވިދާޅުވީ މުޅި ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް ހީނުކުރާ ވަރުގެ ކުރިއެރުމަށް އައިސްފައިވާކަމަށެވެ. ޝަހީރު ވިދާޅުވީ، އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންގެ ފަރާތުން އެދޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންކަން ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިއަދު ސޮއިކުރެވުނު ފަހުމުނާމާއެކު، އަމިއްލަ ކްލިނިކް ހިންގާ ފަރާތްތަކަށްވެސް އައިޖީއެމްއެޗުގެ ލެބޯޓްރީއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ޝަހީރު ވިދާޅުވިއެވެ.


މި ހަފްލާގައި ވާޙަކަ ދައްކަވަމުން އައިޖީއެމްއެޖްގެ ސީނިއަރ ކޮންސަލްޓަންޓް މެޑިސިން ޑރ. އަލީ އަބްދުﷲ ލަތީފް ވިދާޅުވީ ދުނިޔޭގެ ސއްޙީ ނިޒާމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެންޓިބައޮޓިކްސް އަށް ނުގުޑާ ފަދަ ޖަރާސީމް ފެތުރެމުން ދާދިއުންކަމަށެވެ. އެގޮތުން ރާއްޖޭގައި އެޑްމިޓް ކުރެވޭ ގިނަ ބަލމީހުންނަށް ދިމާވާ ބަލިތަކަށް ނުގުޑާފަދަ އިންފެކްޝަންތަކާ ކުރިމަތިވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ނެޝަނަލް ރެފަރެންސް ލެބޯޓްރީ ފޯ އެންޓިމައިކްރޯބިއަލް ރެސިސްޓަންސް ސަވައިލަންސްގެ ގޮތުގައި އައި.ޖީ.އެމް.އެޗްގެ ލެބޯޓްރީ ހަމަޖެހުމާއި ގުޅިގެން ތަފާތު ދާއިރާތަކަކުން ފުޅާ ދާއިރާއެއްގައި ޓެސްތަކެއް ކުރެވިގެންދާނޭކަމަށް ލަތީފް ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...