ފޭސްބުކްގެ ނިއުސް ފީޑަށް ބަދަލު ގެންނަނީ

ފޭސްބުކް ވުޖޫދަށް އައި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ބޮޑު މަޤްބޫލްކަމެއް އަންނަނީ ލިބެމުންނެވެ. 2 ބިލިއަން މީހުން މިއަދު ފޭސްބުކް ބޭނުން ކުރެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު އިތުރު ވަމުން އަންނައިރު، އެކި ފަހަރު މަތިން ފޭސްބުކްގެ ފީޗަރ ތަކަށް ބަދަލުތަކެއްވެސް ގެނެސްފައިވެއެވެ.
އެގޮތުން މިހާރުވެސް ފޭސްބުކް އަންނަނީ ބަދަލަކަށް ތައްޔާރުވުންނެވެ.


ފޭސްބުކްގެ ބާނީ މާކް ޒަކަބާގް ވިދާޅުވީ، ފޭސްބުކަށް ދެން އެންމެ އަވަހަށް ގެންނާނެ ބަދަލަކީ، "ނިއުސްފީޑް"އަށް ގެންނާނެ ބަދަލެކެވެ. ނިއުސްފީޑަކީ ޚަބަރާއި، އިޝްތިހާރުތައް ފެންނަ ތަނަކަށް ހެދުމުގެ ބަދަލުގައި ފޭސްބުކް ބޭނުންކުރާ މީހާގެ އާއިލާއާއި ރަހްމަތްތެރިންގެ ފޮޓޯ އާއި ޕޯސްޓްތައް ގިނައިން ފެންނާނެ ގޮތް ހެދުމަށް ތައްޔާރު ވަމުން އަންނަ ކަމަށްވެސް މާކް ވަނީ ވިދާޅުވެފައެވެ. މި ބަދަލާއެކު، ދެން ނިއުސްފީޑުން ގިނައިން ފެންނާނީ އާއިލާގެ މެމްބަރުންނާއި ގާތް ރައްޓެހިން ފޭސްބުކްގައި ކުރިއަށްގެންދާ ހަރަކާތްތަކެވެ. މާކް ވިދާޅުވީ، ފޭސްބުކަށް މިބަދަލު ގެނައުމުން އެނެޓްވޯކް ބޭނުންކުރާ މީހުންނަށް ހިތްހަމަޖެހޭ، އަދި އުފާވެރި ވަގުތުތަކެއް ފޭސްބުކްގައި ހޭދަކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.


ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް މީގެ ކުރިން ވަނީ 2018 ވަނަ އަހަރުގައި ފޭސްބުކްގައި ހުރި މައްސަލަތައް ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ފޭސްބުކްގައި ކުރިމަތިވާ ފުރައްސާރައިން ސަލާމަތްކޮށް، އެނެޓްވޯކަކީ ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މާކް ވަނީ ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...