މިއޮތީ ރަސީދު ކެމްޕޭންގެ ޑިސެންބަރު މަހުގެ އިނާމުތައް ހަވާލުކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)- ފޮޓޯ: ޗެނަލް 13

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިންގަމުންދާ މިއޮތީ ރަސީދު ކެމްޕޭނަށް ޑިސެންބަރު މަހު ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަށާއި، އެންމެ ގިނަ ތަންތަނުގެ ރަސީދު ފޮނުވި ފަރާތަށް ދޭ ފައިސާގެ އިނާމު ހަވާލުކޮށްފި އެވެ.


މީރާގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ހުސްވި ޑިސެންބަރު މަހު ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވިފައިވާ މުޙައްމަދު ރަޝީދަށާއި، އެންމެ ގިނަ ތަންތަނުން ރަސީދު ފޮނުވައިގެން އިނާމު ހާސިލުކޮށްފައިވާ މުޙައްމަދު އިބްރާހިމަށް އިނާމްތައް ހަވާލުކޮށްދެއްވީ އެކުންފުނީގެ އެސިސްޓަންޓް ކޮމިޝަނަރ ޖެނެރަލް އަހުމަދު އަލީއެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިއަހަރުގެ ފެބުރުއަރީ މަހުގެ 28 ވަނަދުވަހަށް ހިންގަމުންދާ މި ކެމްޕެއިންގައި ކޮންމެ މަހަކު ދެވޭ އިނާމުތަކުގެ ތެރޭގައި މައުލޫމާތު ފުރިހަމަނުވާ ރަސީދު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އެއް ހާސް ފަސްސަތޭކަ ރުފިޔާ އަދި އެންމެ ގިނަ ރަސީދު ހުށަހަޅާ ފަރާތަކަށް އެއް ހާސް ފަސްސަތޭކަ ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު މުޅި ކެމްޕޭންގެ މުއްދަތުގައި އެންމެ ގިނަ ތަންތަނުން ރަސީދު ހުށަހަޅާ ފަރާތަކަށް ތިރީސް ދެ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.


މި ކެމްޕޭންގައި އަލަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު އޮތްކަން ފާހަނގަކޮށް މި ފަރާތްތަކުން ހޯދާ ރަސީދުގައި އެ ފަރާތެއްގެ ފޯނު ނަންބަރު ލިޔުމަށްފަހު އެ ރަސީދުގެ ފޮޓޯއެއް 9551415 މިނަމްބަރަށް ވައިބަރ ކުރުމަށް އެދޭކަމަށް އެކުންފުނިންބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...