ވިލިމާލޭގައި ވެމްކޯގެ ކަސްޓަރމަރ ފްރޮންޓް އޮފީހެއް ހުޅުވައިފި

ވިލިމާލޭގައި ހުންނަ ވެމްކޯގެ ކަސްޓަމަރ ފްރޮންޓްއޮފީސް- ފޮޓޯ: ޗެނަލް 13

ވިޔަފާރިތަކާއި ކުންފުނިތަކުގެ ތެރެއިން ވިލިމާލޭގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މި މަހުގެ 15އިން ފެށިގެން ވެމްކޯއިން ކުނިއުކާލުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާކަމަށް އެކުންފުނިންބުނެފިއެވެ.


ހުސްވި ޑިސެމްބަރުމަހުގެ 1 ވަނަދުވަހު ވެމްކޯއިން ރައްކާތެރިގޮތުގައި ކުނި އުކާލުމުގެ ޚިދުމަތް ވިލިމާލޭގައި ފޯރުކޮށްދޭން ފަށާފައިވާއިރު މިއަދުވަނީ ވިލިމާލޭގައި ވެމްކޯގެ ކަސްޓަމަރ ފްރޮންޓް އޮފީހެއް ހުޅުވާފައެވެ. އަދި މި އޮފީހުން މާލޭ ސިޓީ އަދި ހުޅުމާލެއެކޭ އެއްފަދައިން ވެމްކޯގެ ކަސްޓަމަރުންނަށް ގިނަ އަދަދެއްގެ ޚިދުމަތްތަކެއް ލިބެން ހުންނާނެ ކަމަށް ވެމްކޯއިންބުނެއެވެ. އެގޮތުން ވެމްކޯގެ ޚިދުމަތްތަކަށް އެދި ރަޖިސްޓްރީކުރުމާއި ބިލަށްފައިސާ ދެއްކުން އަދި ކަސްޓަމަރކެއަރ އާއި ގުޅުންހުރި އެންމެހާ ޚިދުމަތްތަކެއް ވިލިމާލޭ ފްރޮންޓް އޮފީހުން ލިބިގެންދާނެކަމަށްވެސް އެއޮފީހުންބުނެއެވެ.


މީގެ އިތުރުން ވެމްކޯގެ ގޭބިސީތަކުން ކުނިނެގުމުގެ ޚިދުމަތަށް އެދި ވިލިމާލޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 655 ގޭބިސީއަކަށް ވެމްކޯއިން ކުނިއުކާލުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާއިރު ވިޔަފާރިތަކާއި ކުންފުނިތައް ފަދަ ކޮމާޝަލް ކަސްޓަމަރުންގެ ގޮތުގައި ވިލިމާލޭގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މިހިނގާ ޖެނުއަރީމަހުގެ 15އިން ފެށިގެން ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާކަމަށް އެކުންފުނިން ބުނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...