ގައިދީން މަސައްކަތްތަކަށް އަހުލުވެރިކުރުވާ އިތުރު މަރުކަޒްތަކެއް ހުޅުވޭނެ: ކަރެކްޝަން

މޯލްޑިވެސް ކަރެކްޝަނަލް ސަރވިސް- ފޮޓޯ: ޗެނަލް 13

ގައިދީން އެކިއެކި މަސައްކަތްތަކަށް އަހުލުވެރިކުރުވުމަށް އިތުރު މަރުކަޒް ތަކެއް ވަރަށް އަވަހަށް ހުޅުވިގެން ދާނެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިރުހާން ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕްރިޒަން ޝިރުހާން މިހެން ވިދާޅުވީ އެމްސީއެސް ތިލަފުށި އަހުލުވެރި މަރުކަޒުގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.


ސިރުހާން ވިދާޅުވީ ގައިދީންނަށް މަސައްކަތް ދަސްކޮށްދީގެން އެމީހުންނަށް އާމްދަނީ ލިބޭނެގޮތައް އަހުލުވެރި މަރުކަޒުތަކެއް ހުޅުވިގެން ދިއުމަކީ ކަރެކްޝަނުން ވަރަށް ބޭނުންވާ ކަމެއްކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ގެންދާ މަސައްކަތުގެ އިތުރުން އެހެން ދާއިރާތަކުންވެސް މީހުން ޝާމިލް ކުރުވައިގެން މަސައްކަތްކުރާނެ އަހުލުވެރި މަރުކަޒްތައް ކައިރި މުސްތަގުބަލެއްގައި ހުޅުވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ މަސައްކަތުގެ ސަބަބުން ގައިދީންނަށް ހެޔޮބަދަލްތައް އަންނާނެކަމަށް ސީޕީ ވިދާޅުވިއެވެ.


މީގެއިތުރުން ކަރެކްޝަނަލް ސާވިސްއިން ތިލަފުށީގައި ހުޅުވި މަރުކަޒަކީ ރިހިބިލިޓޭޝަން ހަރަކާތްތައް ފުޅާކުރާ ސިނާއީ މަސައްކަތް ކުރާތަނަކަށް ވާއިރު މިއީ ގައިދީންނަށް ލިބިގެންދާ ވަރަށް ޚާއްސަ ފުރުސަތެއް ކަމަށާއި ހުކުމް ތަންފީޒްކުރުމުންދާ ދުވަސްވަރު ޖަލުގެ އެލަވަންސް ވަޒީފާއިން ލިބޭ އާމްދަނީއަށްވުރެން ރަނގަޅު އާމްދަނީއެއް ލިބިގެންދާނެކަމަށެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިންދަނީ އެކިއެކި ފަރާތްތަކާއި ގުޅިގެން ތަފާތު ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަމުންނެވެ. އަދި މުޖުތަމައަށް ދޫކުރާ ގައިދީން އަނބުރާ ޖަލައް ނާންނާނެ ބަޔަކަށް ހެދުމަށް އެމްސީއެސްއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...