ކަންކަމާއި ގޮތްކިޔާ އަމުރުކޮށް ހަދާނީ މިއަދު ކަންކަމާއި ހަވާލުވެ ތިބިި ބޭފުޅުން: އަބްދުއްރަހީމް

ޕީޕީއެމްގެ ނާއިބު ލީޑަރ އަބްދުއްރަހީމް އަބްދުﷲ

ކަންކަމާއި ގޮތް ކިޔާ އަމުރުކޮށް ހަދާނީ މިއަދު ކަންކަމާއި ހަވާލުވެ ތިބިި ބޭފުޅުން ކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. 

ޕީޕީއެމްގެ ނާއިބު ލީޑަރ އަބްދުއްރަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއަދު ގޮތް ކިޔާ އަމުރު ކުރާނީ ކަންކަމާއި ހަވާލުވެ ތިބި ބޭފުޅުން ކަމަށާއި 17 ނޮވެމްބަރ 2013 ގެ ކުރިން ކަންކަމާއި ގޮތް ކިޔާ އަމުރު ކުރީ އޭރު ތިއްބެވި ބޭފުޅުން ކަމަށެވެ. 17 ނޮވެމްބަރ 2013 އަކީ ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރައްވާ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ދުވަހެވެ. އަބްދުއްރަހީމް މިހެން ވިދާޅުވި އިރު، ސަރުކާރުން ކަންކަންް ކުރަންވީ ގޮތުގެ ލަފާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެއްވާ ކަމުގެ އަޑުތަކެއް ވެސް މީގެކުރިން ވަނީ ފެތުރިފައެވެ. ތިރީސް އަހަރު ދުވަހު ވެރިކަން ކުރެއްވުމަށް ފަހު އެމަނިކުފާނުގެ ތާއީދާ އެކު ގެނައި ސަރުކާރުން ކަންކަންކުރަންވާ ގޮތް ވިދާޅުވެ، ސަރުކާރަށް ޕްރެޝަރ ކުރަމުން ގެންދެވި ކަމުގެ ތުހުމަތު ރައީސް މައުމޫނަށް ކޮށްފައިވާއިރު، ރައީސް މައުމޫނަކީ މިއަދު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ އިއްތިހާދުގެއިސް ބޭފުޅެއް ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން ފިޝަރީޒު މިނިސްޓަރ މުހައްމަދު ޝައިނީވެސް ވިދާޅުވެފައިވަނީ ރައްޔިތުންނަށް ގަބޫލުކުރަން ދަތި ކަންތައްތައް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމަށް. އެގޮތުން ސަރުކާރު ހިންގަންވީ ގޮތުގެ ލަފާ ވެސް އިދިކޮޅު ފަރާތްތަކުން ދެމުންދާ ކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވެފައިވެއެވެ.

ޝައިނީ މިހެން ވިދާޅުވެފައިވަނީ މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރުން ގޮވާލުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ޝަރުތުކުރާ ކަންކަމަށް އިޝާރާތް ކުރައްވާ ދެއްކެވި ވާހަކައިގައެވެ. އެގޮތުން މަޝްވަރާއަށް އައުމަށް ގޮވާލާ ކޮންމެ ފަހަރަކު އަމިއްލަ އެދުން އިސްކޮށް ޖަލުގައި ތިބި ކުށްވެރިން މިނިވަން ކުރުމަށް ޝަރުތުކުރާ ކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...