ބިގްބޮސް 11 : ޓްރޮފީ ހީނާ ޚާންއަށް ލިބޭނެބާ؟

ހިންދީ ޓީވީ ތަރި ހީނާ ޚާން

ހީނާ ޚާން ބެލުންތެރިންގެ މެދުގައި މަޝްހޫރުވެގެން ދިއައީ ވަރަށް ވަރަށް މަޑުމައިތިރި އަދި ވިސްނުންތޫނު މީހުންނަށް ކަމޭހިތާ ދަނބިދަރިއެއްގެ ގޮތުގައެވެ. އެއީ އޭނާ ގެ ފުރަތަމަ ޓީވީ ސީރީސް ޔޭރިޝްތާ ކިޔާކެހެލާތާހޭގައި އޭނާ ކުޅުނު "އަކްޝަރާ"ގެ ކެރެކްޓާއެެވެ.

ގިނަ ބަޔަކު ހީކުރި ގޮތުގައި އާންމު ދިރިއުޅުމުގައިވެސް ހީނާ އަކީ މިފަދަ މީހެކެވެ. ނަމަވެސް އޭނާ ގެ ބިހޭވިއާ މުޅިންތަފާތެވެ. އޭނާ ޝޯގެ ބައިވެރިވި މައިގަނޑު ސަބަބަކީ އޭނާގެ "އާދާޝް ބަހޫ " ނުވަތަ މަޑުމައިތިރި ދަނބިދަރިއެއްކަމަށް މީހުން ދެކެމުން އައި ގޮތް ބަދަލުކުރުންކަމަށެވެ. ނަމަވެސް އަސްލު ހީނާ ޚާންގެ ދިރިއުޅުން އޭނަގެ ގިނަ ފޭނުންނަކަށް ކަމަކު ނުދިއައެވެ.

ނަމަވެސް ބިގްބޮސްގެ މިސީޒަން އޭނާ ކާމިޔާބްކުރާނެ ކަމަށް ގަބޫލުކުރާ މީހުންވެސް މަދެއްނޫނެވެ. ބިގް ބޮސް އަކީ ތަފާތު ޝޯއަކަށްވާއިރު މިޝޯއިން ވެސް ބައެއްގެ މަގުބޫލުކަން އޭނާ ހޯދިއެވެ. ބިގްބޮސްގެ ގޭގައި ހީނާ އުޅެމުން އައި ގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކަށް ބަލާލާނެވެ.

ޓާސްކް ފްރިހަމަކުރުން : ޓާސްކްތައް ފުރިހަމަކުރުމުގައި ހީނާ ލާމަސީލު މިސާލެކެވެ. ނަމަވެސް މީގައިވެސް އޭނަގެ އަމިއްލަ އެދުން އިސްކުރެއެވެ. ގްރޫޕަކާއިއެކު މަސައްކަތް ކުރިކަމުގައިވިޔަސް އޭނާއަށް ކާމިޔާބުވެ ފައިދާވާނެ ގޮތަށް ވިސްނައެވެ. މިއީ މިޝޯގައި އެމީހަކު އަމިއްލަ އަށް ކުރިއެރުން ހޯދޭނެ ގޮތްކަމުގައި އޭނާ ގަބޫލުކުރެއެވެ.
ޒީނަތްތެރިކޮށް ހެދުން އެޅުން: މިފަހަރުގެ ސީޒަނަށް ބަލާއިރު އެންމެ ރީތިކޮށް ހެދުން އަޅާތަރިއެއްގެ ގޮތުގައި ނުވަތަ އެންމެ ސްޓައިލިޝް ތަރިއެއްގެ ގޮތުގައި ފާހަގަވެފައިވަނީވެސް ހީނާ ޚާންއެވެ. އޭނަގެ ގިނަ އައުޓް ފިޓްތަކަކީ އެންމެ ފަހަރަކު ލާންޖެހޭ ސްޕޮންސަރޑް ހެދުންތަކެއްކަމަށްވެސް އޭނާގެ ގާތްފަރާތްތަކުން ބުނެފައެވެ.


ބެލުންތެރިން ބަލައިނުގަންނަ އެތައް ސިފަތަކެއްވެސް ހީނާ ފަރާތުން ފެނިގެންދިއައިރު އޭގެ ތެރޭގައި ނެތިމޮށުމާއި، ދޭތެރެ ޖެއްސުމާއި، ޒުވާބްކޮށް މީހުންނަށް ޢީބަ ބުނުން ވެސް ހިމެނޭއެވެ. އެގޮތުން އޭނާ ވަނީ ބިގްބޮސްގެ އެހެން ބައިވެރިއެއްކަމަށްވާ ޝިލްޕާ ޝިންޑޭ އަދި އާކާޝް ޑަޑްލާނީ އަރްޝީ ޚާން އަށް ނިސްބަތްކޮށް ވަރަށް ހަޑިކޮށް އެއްޗިހި ކިޔާފައެވެ. އަދި މީގެ އިތުރުންވެސް ހީނާ ފާހަގަވެފައިވަނީ ދޮގުހަދާ މީހެއްގެ ގޮތުގައިއެވެ. އެގޮތުން އޭނާ ވަނީ ޝޯގެ ޓާސްކްތައް ކުރިއަށް ދިއައިރު ދެއްކި އެތައްވާހަކަތަކެއް ސަލްމާން އައިސް އެހުމުން ދޮގުކޮށްފައެވެ. މީގެ އިތުރުންވެސް ޓީވީ އިންޑަސްޓްރީގައި މަޝްހޫރު ބައެއް ތަރިންނަށް ނިސްބަތްކޮށްވެސް އޭނާ ވަނީ ހިތްހަމަނުޖެހޭ ފަދަ ވާހަކަދައްކާފައެވެ.

އޭގެތެރޭގައި ސަންޖީދާ، ގޯހަރު ޚާން އަދި ސާކްޝީ ތަންވާރު ހިމެނޭއެވެ. ސަންޖީދާ އާއި ބެހޭ ގޮތުން ހީނާ ބުނެފައިވަނީ ސަންޖީދާ އަކީ ހަމަލޮލަށް ރީތި މީހެއް ކަމުގައިވިޔަސް ޓީވީ އަށް އެހާ ރީތި މީހެއްނޫންކަމަށެވެ. މީގެ އިތުރުން ގޯހަރު ޚާން ގެ ޓްވިޓާ ފޮލޯކުރާ މީހުންގެ އަދަދު ވަރަށް މަދު ކަމަށާއި އޭނާ ފޮލޯކްރާމީހުންނަށްވުރެ މާމަދު ކަމަށް ހީނާ ބުނިއިރު ގޯހަރު ޓްވިޓާގައި ފޮލޯކުރާމީހން ހީނާ އަށް ވުރެ މާގިނައެވެ. ސާކްޝީ އެކްޓިން އަށް މޮޅުކަމަށް ފާހަގަކޮށް ވާހަކަދައްކަމުން ހީނާ ބުނެފައިވަނީ ސާކްޝީގެ ލޮލުގެ މައްސަލައެއް ހުންނަކަމަށެވެ.


ހީނާގެ މިފަދަ ވާހަކަތަކުގެ ސަބަބުން އޭނާ އަށް ސަޕޯޓްކުރާ މީހުންގެ އަދަދު މަދުވެފައިވާކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވާއިރު ބައެއް މީީީޑިއާތަކުން ބުނެފައިވަނީ ހީނާ މިފަހަރުގެ ޝޯ ކާމިޔާބްކޮށްފިނަމަ ބިގްބޮސް ދުވަހަކުވެސް ނުބަލާނެކަމަށެވެ. ނުރުހުން ފާޅުކުރާ މީހުން ހީނާއަށް ވަރަށް ބޮޑަށް ފާޑުކިއަމުންދާއިރު އޭނާއަށް ސަފޯޓްކުރާމީހުން ބުނަމުންދަނީ މިފަހަރު ގެ ސީޒަން ކާމިޔާބް ކުރާނީ ހީނާކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ނަސްރު 10 ޖެނުއަރީ 2018 - 16:49

    ނެތި މޮށޮމަކީ ނިޔަފަތި ކެއުން ކަހަލަ ކަމެއް

  2. މީސް 10 ޖެނުއަރީ 2018 - 15:31

    އައި ހޭޓް ހީނާ ޝީ އިޒް ސޯ މީން އެންޑް އައިހޭޓް ހާ

  3. ޝާހު 10 ޖެނުއަރީ 2018 - 00:26

    ޑޯންޓް މެސް ވިތް ހީނާ

ގުޅުން ހުރި
Loading...