މެލޭޝިއާގެ އިދިކޮޅު އިއްތިހާދުގެ ފަރާތުން އިންތިހާބުގައި ވާދަ ކުރައްވާނީ ކުރީގެ ބޮޑުވަޒީރު

މެލޭޝިއާގައި އެންމެ ގިނަ ދުވަސް ވަންދެން ބޮޑުވަޒީރުކަން ކުރެއްވި މަހާތިރު މުހައްމަދު އެގައުމުގައި މިއަހަރު ބާއްވާ އިންތިހާބުގައި އިދިކޮޅު ފަރާތްތަކުގެ ލީޑަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަން ނިންމަވައިފިއެވެ.

މަހާތިރު މުހައްމަދު މެލޭޝިއާގެ ބޮދުވަޒީރުކަން ކުރައްވާފައިވަނީ 1981 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށެވެ. އެމަނިކުފާނުގެ އުމުރުފުޅުން މިހާރު 92 އަހަރެވެ. މެލޭޝިއާގެ ސަރުކާރާއި އިދިކޮޅު 4 ޕާޓީން އުދައްފާފައިވާ އިއްތިހާދުން، މިއަހަރު އެޤައުމުގައި ބާއްވާ އިންތިޚާބުގައި ނެރޭނެ ކެންޑިޑޭޓަކަށް މަހާތިރު ހަމަޖައްސާފައިވަނީ، އެމަނިކުފާނަކީ މެލޭޝިއާގެ ގިނަ ބައެއްގެ ތާއީދު ލިބިފައިވާ ބޭފުޅަކަށް ވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މަހާތިރު މުހައްމަދަކީ މެލޭޝިއާގައި އެންމެ ގިނަ އަހަރު ވަންދެން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ. ދާދި ފަހުން ދެއްވި ތަޤްރީރެއްގައި މަހާތިރު ވިދާޅުވީ، އިދިކޮޅު ކޯލިޝަނުގައި ތިއްބެވި ލީޑަރުންނަކީ ކުރިން އެމަނިކުފާނުގެ ދުޝްމަނުން ކަމަށާއި، އެހެންނަމަވެސް މިއަދު އެފަރާތްތަކާއި ގުޅިގެން ޤައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަަމަށެވެ. އަދި މިހާރު އޮތް ވެރިކަން ބަދަލު ކުރެވޭނީ އެންމެން ގުޅިގެން ކަމަށްވެސް މަހާތިރު ވިދާޅުވިއެވެ.

އެމަނިކުފާނު އަލުން ސިޔާސީ ދާއިރާއަށް ވަދެވަޑައިގެންފައި ވަނީ، ސިޔާސީ ދާއިރާއަށް ދޫކުރައްވާ ވަޑައިގެންނެވިތާ 15 އަހަރު ފަހުންކަން ފާހަގަކޮށްލެވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ފާތުމް 08 ޖެނުއަރީ 2018 - 14:02

    ފަތޯނާ ތިޔަކަހަލަ ވާހަކަ ދެއްކީމަ ހައްތަހާވެސް މައުމޫން އަނބުރާ ވެރިކަމަށް އަންނަހިތްވާނީ. މަހާތީރަކީ މައުމޫންގެ ގާތް އެކުވެރިއެއް.

ގުޅުން ހުރި
Loading...