ރާއްޖޭގެ ފުރަތަމަ މާކެޓިންގ ފޯރަމްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގައި މާކެޓިންގް ދާއިރާއަށް އަމާޒުކޮށްގެން ބާއްވާ ފުރަތަމަ ފޯރަމްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ (ސީއެމްއޭ) އިން ހޯސްޓުކުރާ މި ފޯރަމްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި ހިނގާ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި ފޯރަމްގައި މާކެޓިންގް ދާއިރާގެ ތިން ދާއިރާއަކަށް އަލިއަޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާކެޓިންގް އުކުޅުތަކާއި، ޓެކްނޮލޮޖީ އަދި ސައިކޮލޮޖީ ކަމަށް ސީއެމްއޭއިން މައުލޫމާތު ދެއެވެ.

މި ފޯރަމްގެ ޓިކެޓް 200 ޑޮލަރަށް ވިއްކަން ހަމަޖެހިފައިވާއިރު، ދެ ޓިކެޓް ގަތުމުން އިތުރު އެއް ޓިކެޓް ހިލޭ ލިބިގެންދާނެއެވެ. އަދި މި ފީގެ ތެރޭގައި ރެޖިސްޓްރޭޝަނާއި މެންދުރު ކެން އަދި ކޮފީ ވެސް ހިމެނޭނެއެވެ.

މި ފޯރަމްގައި މުޚާތަބު ކުރަން ހަމަޖެހިފައިވާ ބައެއް ފަރާތްތަކުގެ ތެރޭގައި ދިރާގުގެ ޗީފް މާކެޓިންގް އޮފިސަރ އިސަބެލާ ހަޖްރީ، އެލައިންޑް އިންޝިއުރެންސްގެ މެނޭޖަރ މާކެޓިންގް ނިއުޝާދު ޝަރީފު އަދި ތިންކް އެޑްވަޓައިސިންގްގެ ސީއީއޯ އަދީލް އިސްމާއިލް ހިމެނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...