އިނގިރޭސިވިލާތުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 18.7 އިންސައްތަ އިތުރުވެއްޖެ

ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 18.7 އިންސައްތަ އިތުރުވެއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ނޮވެމްބަރު މަހު އިނގިރޭސިވިލާތުން 9،579 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަހަރުން އަހަރަށް ބަލާއިރު މިއީ 18.7 އިންސައްތަ އިތުރު އަދަދަކަށް ވާއިރު، މި އަދަދަކީ އެ މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ 7.9 އިންސައްތަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ގައުމުން 94،258 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ ވެސް އަހަރުން އަހަރަށް ބަލާއިރު 1.1 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދުވަހެއް ދުވަހަކަށް ފުޅާވަމުންދާއިރު، ސަރުކާރުން ދަނީ އެ ދާއިރާގެ ޚިދުމަތްތައް ވެސް އިތުރަށް ފުޅާކުރުމަށްޓަކައި އެ ދާއިރާގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ ބިޔަ މަޝްރޫއާއި، އިތުރު ރިސޯޓުތައް ތަރައްގީ ކުރުމަކީ މިފަދަ ބައެއް މަސައްކަތްތައްކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ހަބޭސް 07 ޖެނުއަރީ 2018 - 19:33

    އަންނި ޔޫކޭގައި ހުރެގެން ކޮންކަމެއްތަ އެކުރަނީ. ރާއްޖެއަށް ދޮންކުދިން ނާންނާށޭ ގޮވާވަރުން ހަމަ އަންނަނީ. އަންނި މިހާރު ހުރީ ޔޫކޭގައި ވެސް ފެއިލްވެފައި.

ގުޅުން ހުރި
Loading...