ދަރަނި ދައްކާނެ ފައިސާއެއްނެތް، ދިރިއުޅެނީ ޔޫރަޕުގައި

އަމިއްލައަށް ގައުމުން ބޭރަށް އަރުވާލެވިގެން ތިއްބަވާ ސިޔާސީ ބޭފުޅުންގެ ތެރޭގައި ގާސިމް އިބްރާހީމް

ދައުލަތަށް ބޮޑެތި އަދަދުތަކުން ދަރާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަށް ދަރަނި ދައްކާނެ ފައިސާ ނުލިބި، ޔޫރަޕުގައި ފިލައިގެން އުޅެނީ ކޮން ގޮތަކުން ނުވަތަ ކޮންތާކުން ހަރަދުކޮށްގެންތޯ މިއީ މިއަދު ގިނަބަޔަކު އުފައްދަމުންދާ ސުވާލެކެވެ. 

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަކީ ދިވެހި ދައުލަތަށް ދަރާފައިވާ ދަރަނިވެރިންގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައުލަތަށް ދައްކަންޖެހޭ އެއް ފަރުދެވެ. ގާސިމްގެ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކޮށްފައިވާއިރު، އެތައް ރިސޯޓަކާ އެކި އެކި ނަންނަމުގައި ހަދާފައިވާ ކުންފުނިތަކުން އިންތިހާއަށް ފައިސާ ގަނޑުކޮށް ވަންނަމުންދާއިރު، ދަރަނި ދައްކާނެ ފައިސާ ހުރި ކަމަކަށް ނުވެއެވެ.

ފަޅުރައްތަކާ ރިސޯޓުތަކުގެ ކުލި ނުދެއްކުމުގެ އިތުރުން މީރާއަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ޖޫރިމަނާއާއެކު އެތައް މިލިއަން ރުފިޔާއެއް ހޯދަން ދައުލަތުން ދައުވާކުރާ ކޮންމެ ފަހަރަކު ފަގީރެއްކަން ހާމަކޮށްދިނުމުގެ ގޮތުން ރައްޔިތުންގެ ލޮލުގައި އަނދުންއަޅުވަން ގާސިމްގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާކަމީ ރައްޔިތުން މިއަދު ދަންނަ ހަގީގަތެކެވެ. ކަންމިހެންހުރިއިރު، ދަރަނިދައްކާނެ ފަދަ ގާބިލިއްޔަތުކަން ނެތް މީހަކު ގާނޫނީ ސަރުކާރެއް ވައްޓާލުމަށް ބަޔަކު ކުރަމުންދާ މަޝްވަރާތަކުގައި ބައިވެރިވުމަށްޓަކާ ގޮސް ޔޫރަޕުގައި ފިލައިގެން ދިރިއުޅޭ އިރު އެފަދަ ބޮޑު ހަރަދެއްކުރާނެ ފައިސާ ހޯދަނީ ކޮން ގޮތަކުންތޯ ކަމާބެހޭ ފަރާތްތަކުން ސުވާލުކޮށް، ތަހްގީގް ކުރަންޖެހެއެވެ.

ހަގީގަތަކީ އެކަށީގެންވާ އާމްދަނީއެއް ލިބޭ ރައްޔިތު މީހާ ސިއްހީ ފަރުވާއެއް ހޯދުމަށް އަވައްޓެރި ސްރީލަންކާ ނުވަތަ އިންޑިއާއަށް ގޮސް ފަނަރަ ދުވަސް ވާއިރު ފަރުވާ މެދުކަނޑާލުމަށް ފަހު އެނބުރި ގައުމަށް އަންނަނީ އަތްމަތި ހުސްވެ ތިބެވޭނެ ގޮތެއް ނެތިގެންނެވެ. އަދި އެފަދަ މީހުންނަކީ ދައުލަތަށް ޓެކްސް ދައްކައިގެން އުޅޭ މީހުންނަށް ވާއިރު، މަހުޖަނުގެ ނަމުން މަޝްހޫރު ވެފައިވާ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ދައުލަތަށް ޓެކްސް ދައްކާނެ މިންވަރު ނެތި، ޔޫރަޕުގައި އުފާކުރަން ހަރަދުކުރާނެ ފައިސާ ހުރެއެވެ. މިއީ ކޮންތާކުން ކޮން ގޮތަކަށް ހޯދާ ފައިސާއެއް ކަމާ މެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ.

ގާސިމް ދައުލަތަށް ދައްކަންޖެހޭ ފައިސާއާ ބެހޭ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި ފިޝަރީޒު މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ޗެނަލް ތާޓީންގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ގާސިމު އިބްރާހިމް ދައުލަތަށް ދައްކަންޖެހޭ 200 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެބަހުރި ކަމަށެވެ. ނަމަވެސް ދައުލަތަށް ދައްކަންޖެހޭ ފައިސާ ހުރެ، އެފައިސާ ނުދައްކާ ސިޔާސީ ކަންކަމަށް ފައިސާ ހަރަދުކުރާނެ ކަމަށް ގާސިމް ވިދާޅުވަމުން ގެންދަވާ ކަމަށް ޝައިނީ ވިދާޅުވިއެވެ.

މިހާ ބޮޑު އަދަދެއް ދައުލަތަށް ދައްކަން އޮތް އިރު ދާދިފަހުން ވެސް ވަނީ ގާސިމްގެ ވިލާ ޝިޕިންގ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ 75 މިލިއަން ރުފިޔާ ހޯދުމަށް ދައުވާކޮށްފައެވެ. އަދި އެ ދައުވާ ދައުލަތުން ކުރި އިރު މީގެކުރިންވެސް ދައުލަތުންވަނީ ގާސިމްގެ ފަސް ކުންފުންޏަކާ ދެކޮޅަށް 2.5 މިލިއަން ރުފިޔާ ހޯދަން ދައުވާ ކޮށްފައެވެ. މި ފަހަރު ދައުލަތުން ތިން ދައުވާއެއް ވަނީ ކޮށްފައެވެ. 

އެއީ ކަނޑައަޅާފައިވާ މުއްދަތުގައި ޖީއެސްޓީގެ ފައިސާ ނުދެއްކުމުން ދައްކަން ޖެހޭ ޖޫރިމަނާ ގޮތުގައި 7.4 މިލިއަން ރުފިޔާ ހޯދުމަށާއި ޓީޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އާއި ޖޫރިމަނާގެ ގޮތުގައި 49 މިލިއަން ރުފިޔާ ހޯދުމުގެ އިތުރުން ޖީއާރުޓީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އާއި ޖޫރިމަނާގެ ގޮތުގައި 18.5 މިލިއަން ރުފިޔާ ހޯދަމަށެވެ. ނަމަވެސް ދައުލަތަށް ދަރާފައިވާ މައްސަލައިގައި ގާސިމް ވިދާޅުވަމުން ގެންދަވަނީ އޭނާ ދައުލަތަށް ދައްކަންޖެހޭ އެންމެ ލޯލާރިއެއްވެސް ނޯންނާނެ ކަމަށެވެ. އަދި ގާސިމްގެ ފަރާތުން މިކަން ދޮގު ކުރެއެވެ. 

ދައުލަތަށް ދަރާފައިވާ ގާސިމް އިބްރާހީމް މިއަދު ޖަރުމަނުގައި ފިލައިގެން އުފަލުގައި ދިރިއުޅެމުންދާއިރު، މިއީ ގާސިމް ރައްޔިތުންނަށް ދީފައިވާ ކިހާބޮޑު އަނިޔާއެއްތޯއެވެ. އެންމެ ދެރަ ނިކަމެތި މީހާވެސް ދައުލަތަށް ދަރާފައި ނުވާއިރު، ގައުމުގައި ތިބި ނިކަމެތިންނަށް ވުރެ ގާސިމްގެ އަނިޔާވެރިކަން މާބޮޑު އެހެން ނޫންތޯއެވެ. ކަން މިހެން ހުރިއިރު، ދަރަނި ދައްކާނެ ފައިސާ ނެތްއިރުވެސް ވެރިކަން ބަދަލުކުރުމަށް ބަޔަކު މަސައްކަތް ކުރާނަމަ، އެތަނަކަށް ވަދެ ފައިސާގެ ބޮޑެތި އަދަދުތަކުން އެކަމަށް އެހީތެރިކަން ފޯރުކޮށްދޭކަން ވަނީ ހާމަވެފައެވެ.

އެކަން އެންމެބޮޑަށް ދޭހަވެގެންދަނީ ސަރުކާރެއްގައި އުޅުމަށްފަހު، އެސަރުކާރުން ވަކިވާ ހިސާބަށް ދިއުމުން ނުވަތަ ވަރިފަށަށް އެރުމުން ކޮށްދިން ކަންތައްތައް ފާހަގަކޮށް ގާސިމް ކަލަ ގޮވުމުންކަން ފާހަގަކޮށްލެވެއެވެ. އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ތިމާއަށް ލިބޭ އެއްޗަކުން ދިރިއުޅުމުގެ ހަރަދުތައްކޮށް، މީހަކަށް ދަރަނިވެރި ނުވެ ދުނިޔޭގައި ދިރިއުޅުމެވެ.  ނަމަވެސް ގާސިމްގެ އަމަލުތައް މިހެން ހުރި އިރު، މިއަދު ވެސް ގާސިމް ވިދާޅުވަމުން ގެންދަވަނީ އޭނާ ވެރިކަމަށް ވަޑައިގަންނަވަން ބޭނުން ވަނީ ރައްޔިތުންނަށް ނުފުދިފައި ހުރި ކަންކަން ފުއްދައިދީ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށެވެ.

ނަމަވެސް ތިމާއަށް އުފާވެރި ދިރިއުޅުމެއް ނުލިބި ހުރުމުގެ އިތުރުން ދައުލަތަށް ދަރާފައިވާ މީހަކު ރައްޔިތުންނަށް ފައިދާވާނެ އެއްވެސް ކަމެއް ކުރެވޭނެ ގޮތަކާއި މެދު ސުވާލު އުފެދެއެވެ. އަމިއްލަ ޖާނާ މާލު ސަލާމަތް ކުރަން ނޭނގުނު މީހަކަށް ރައްޔިތުންނާ ސަރުކާރު ސަލާމަތް ކުރާކަށް ނޭނގޭނެއެވެ. ބަޔަކަށް މިކަން ގަބޫލުކުރަން ދަތިވި ނަމަވެސް ރައްޔިތުން ގަބޫލުކުރާ ހަގީގަތަކީ މިއީއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ވެރިކަން 08 ޖެނުއަރީ 2018 - 19:06

    ހިސާބަށްވުރެ ބޮޑަށް ވެރިކަމަށް ދަހިވެތި ވީމަ މީހާ ވާނީ ހަލާކު. ގާސިމަށް އެހުރީ އެހެންވެފައި. ސިޔާސީ ކަންކަމަށް ފައިސާ ހަރަދުކުރަނީ

  2. ފާރިހު 08 ޖެނުއަރީ 2018 - 19:05

    ގާސިމްގެ ވާހަކަ ދައްކަން ވެސް ނުވާނެ. މިހާރު ދެން ހޭއަރަންވެއްޖެ އެންނު. އަންނިބުނިހާ ގޮތެއް ހަދައިގެން އުޅެގެން ތިމާއަށް ވީ ފައިދާއެއް ބުނެބަލަ. ހުސް ގެއްލުން. ރައްޔިތުން ކުރި އިތުބާރާ އިހުތިރާމް ގެއްލިގެން ދިޔައީ. ކުރިން ހުރި ގޮތައް ހުރި ނަމަ މާ މޮޅުވީސް

  3. މުހައްމަދު 08 ޖެނުއަރީ 2018 - 19:01

    ލައްކަ ލާރި ހުންނާނެ މީނަ އަތުގައި. ޔޫރަޕުގައި ނޫޅެވޭނެ ތިޔަ ފާޑޫ ފާޑުގެ މީހުންނަކަށް. އެއީ މުއްސަނދިން އުޅޭ ތަނެއް

  4. މަހީ 08 ޖެނުއަރީ 2018 - 19:00

    ގާސިމަކީ ރަދާފައިވާ ދަރަނިވެރިއެއް.

  5. ހޭބަލި 08 ޖެނުއަރީ 2018 - 14:04

    ގާސިމަކީ ތާކު ހުރި މޮޔައެއް. ކޮންމެ އިންތިޚާބެއްގައި އަތްމަތި ދޮވެލާފަ ދާއިރުވެސް އަދިވެސް ހަމަ ހެވިފައި

  6. ަާއާމިނަތު 08 ޖެނުއަރީ 2018 - 01:16

    ހެވިފަ ތިބޭނ ކަމެއްނެތް ގޮޅިޔަށް ވަންނަން އާދޭ

  7. ހަބީ 08 ޖެނުއަރީ 2018 - 01:11

    ސުރުޚީ ވަރަށް ސަޅި. ހަަމަ ހަބޭސް

  8. ބޯބުރި 08 ޖެނުއަރީ 2018 - 00:58

    ރއްޔިތުންނަށް ދަރާފަ ތިބެގެން އެހެން މީހުންނަށް ވަގަށްގޮވޭތޯ ބަލާ އަދިވެސް

  9. ބޯބުރި 08 ޖެނުއަރީ 2018 - 00:58

    ރއްޔިތުންނަށް ދަރާފަ ތިބެގެން އެހެން މީހުންނަށް ވަގަށްގޮވޭތޯ ބަލާ އަދިވެސް

  10. ހިނި 08 ޖެނުއަރީ 2018 - 00:53

    މަގާތައް އަންނަނީ ހަމަ ހިނި. ތިޔަކުދިންނަށް ކުރެވުނު ވަރެއް ކޮއްފަ ބަހައްޓާ.

  11. ބަހާރު 08 ޖެނުއަރީ 2018 - 00:47

    މީހުވާ މިބުނީ ލަދުކުޑަ ބައިގަނޑެއް. ވެރިކަން ބޭނުމިއްޔާ ރައްޔިތުންނަށް ދޭންއޮތް ލާރިގަނޑު ދީފަ ދެން އާދޭ

  12. ބޭބެ 08 ޖެނުއަރީ 2018 - 00:41

    ގާސިމް ގައިގަ ދެފަަރަކުވެސް ނޫން ކަށިޖަހާނީކީ. ހާސް ފަހަރުވެސް ކަށިޖަހާނެ

  13. ޙުސައިން 08 ޖެނުއަރީ 2018 - 00:25

    މީނަމީ އިދިކޮޅު މީހުންގެ ތިޖޫރި. ދޮވެލާފަ ފޮނުވާލާނެ. ބަަލަންތިބޭ މަމިބުނީ ދޮގެއްތޯ

  14. ޙަސަންބެ 08 ޖެނުއަރީ 2018 - 00:22

    ތިޔަ ގާސިމްގެ ވާހަަކަ ދައްކާ މީހާވެސް ފާފަވެރިވާނީ. ރައްޔިތުންނަށް ދަރާފަ ހުރި މީހާ ގޮސް ޔޫރަޕުގަ އަޗާތަޅަނީ. ޝަހީދާގެ ހިއްވަރަށް ހަަ ސާބަސް

  15. ބުރާންތި 07 ޖެނުއަރީ 2018 - 19:35

    ގާސިމަކީ ބުރާންތި ވެފައި ހުންނަ މީހެއް. ވެރިކަމޭ ގޮވާލާއިރަށް އެބަޔަކާ ދިމާލަަށް ދުއްވައިގަންނާނެ. ދެން މުޅި ކުންފުނި ހަފުސްވަންދެން ހަަމަ ބަހާނީ. އެންމެ ފަހުން އިނދަޖެހުނީމާ ދުރަށްލާއިރަށް ގޮވާނެ މި ގާސިމު ހަދަރުކުރީމޭ އެވެނި މިވެނި މީހަކަށް. ޝަހީދާ ތިޔަ ބުނީ ހަމަ ރަގަޅު ވާހަކައެއް.

  16. އަލީ 07 ޖެނުއަރީ 2018 - 19:31

    ގާސިމަކީ ދަރާވިކިގެން އުފަލުގައި އުޅޭ މީހެއް.

  17. ކާސިމްބެ 07 ޖެނުއަރީ 2018 - 17:45

    ލާރި އޮންނާނެ. ގަނޑުވެފައި އޮތީމާ ނުދެއްކިގެން އެއުޅެނީ

  18. ކުމާރު 07 ޖެނުއަރީ 2018 - 17:39

    އަސްލުވެސް އަހަރެމެން މިއުޅެނީ މަރަށް ފުރާނައަށް ވެސް އިންޑިއާއަށް ވެސް ނުދެވިގެން. ހާދަ ލާރިއެއް އޮތީމައޭދޯ ޔޫރަޕުގައި އަޗާ ތަޅަން އުޅެވޭނީ

ގުޅުން ހުރި
Loading...