އަހަރެންނަކީ ވަރަށް ވިސްނޭ މީހެއް: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަކީ އެމަނިކުފާނުގެ ހިތްޕުޅަށް އަރާވަޑައިގަންނަވާ ކޮންމެ އެއްޗެއްވެސް ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.

ޓްރަމްޕް ދައްކަވަމުން އަންނަ ބައެއް ވާހަކަފުޅުތަކާއި ގުޅިގެން އެމަނިކުފާނަކީ ޤައުމެއްގެ ރައީސް ކަމަށް އެކަށީގެން ނުވާ މީހެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން ޓްރަމްޕްގެ ނަފްސާނީ ހާލަތު އެހާ ރަނގަޅު ނޫން ކަމަށްވެސް ބައެއް މީހުން ބުނެއެވެ.

ޓްރަމްޕް މިވަނީ އެމަނިކުފާނުގެ ސިކުނޑި ހަމަނުޖެހޭ ކަމަށް ބުނާ މީހުންގެ މިވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނަކީ ވަރަށް "ސްމާޓް" ބޭފުޅެއް ކަމަށެވެ. އަދި އެހެން ބުނަން ޖެހޭ ސަބަބުތައްވެސް ޓްރަމްޕް ބަޔާން ކުރެއްވިއެވެ.

" އަހަރެން ދިޔައީ އެންމެ ރަނގަޅު ކޮލެޖަށް، އެންމެ ރަނގަޅު. އަހަރެންނަކީ ވަރަށް މޮޅަށް ކިޔެވި ދަރިވަރެއް، ކިޔަވާ ނިންމުމަށްފަހު އަހަރެން ކުރި މަސައްކަތުން ބިލިއަނުން ޑޮލަރު ހޯދިން. އަދި މުޅި ދުނިޔެއިންވެސް އެންމެ ކާމިޔާބު އެއް ވިޔަފާރިވެެރިޔާއަށް ވިން. އަދި ޓީވީގައި 10 އަހަރު މަސައްކަތް ކޮށް ކާމިޔާބު ހޯދިން. އަދި ހުރިހާ އެންމެންނަށްވެސް އެނގޭނެ، އަހަރެން ރިޔާސީ އިންތިޚާބުގައި އެންމެ ފަހަރަކު ވާދަކޮށް، އިންތިޚާބު ކާމިޔާބު ކުރިން" ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ، އެމަނިކުފާނުގެ ސިކުނޑީގައި މައްސަލަ އުޅޭ ކަމަށް ބުނެ ވާހަކަ ދައްކަމުން އަންނަނީ "ފޭކް" މީޑިއާތަކުން ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ކުމާރު 07 ޖެނުއަރީ 2018 - 15:00

    ފަތޯނާ ތިޔަމީހާއަށް މަނިކުފާނު ކިޔަންޏާ ފިރުއައުނަށް ވެސް މަނިކުފާނު ކިޔާބަލަ

  2. އަބްދުﷲ 07 ޖެނުއަރީ 2018 - 14:59

    ޓުރަމްޕަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު ގަމާރު. އެންމެ ނުބައި ނުލަފާ މީހާ. އެމީހާއަކީ މަނިކުފާނެއް ނޫން. ކޮން ވިދާޅުވީއެއް ކިޔާކަށްތަ. މުސްލިމުންގެ އަދުއްވަކަށް ވިދާޅުވީއެއް ނުކިޔާނެ.

  3. ހަސަންބޭ 07 ޖެނުއަރީ 2018 - 14:55

    ފަތޯނާ ބަލާބަލަ ޓުރަމްޕްގެ ސިކުނޑި ރަގަޅުތޯ.

ގުޅުން ހުރި
Loading...