ފެހި ކުލަ ގަދަ ފަތް ކެއުމަކީ ފައިދާ ހުރި ކަމެއް ކަން އެނގޭތަ؟

ސިއްހަތާއި ބެހޭގޮތުން ވާހަކަ ދައްކާލާއިރު، އެންމެ ފުރަތަމަވެސް ހިތަށް އަންނަ ކުލަ އަކީ ފެހި ކުލައެވެ. ފެހި ކުލައިގެ މޭވާއާއި ތަރުކާރީ އަކީ ސިއްހަތަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ބާވަތްތަކެވެ. ހާއްސަކޮށް، ފެހިކަން ގަދަ ފަތުގެ ބާވަތްތަކުން ވަރަށް ގިނަ ފައިދާތަކެއް ލިބޭ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މި ލިޔުމުގައި މި ބަލާލަނީ، މިފަދަ ފަތްޕިލާވެލިން ލިބޭ ބައެއް ފައިދާތަކަށެވެ.

ބަރުދަން ލުއި ކުރުމަށް އެހީތެރިވެދިނުން

ފެހި ކުލައިގެ ފަތްޕިލާވެލި ކެއުމަކީ ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ހިކެން ބޭނުންވާ މީހުން ޑައެޓް ކުރާއިރު މި ބާވަތުގެ ފަތް ކެއުމުގައި ބޭނުން ކުރަނީ އެހެންވެގެންނެވެ. ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ފެހި ކުލައިގެ ފަތް ކެއުމުން ބަރުދަން ލުއި ކޮށްދެނީ ފަތަކީ ކެލަރީ އެކުލެވިގެން ނުވާ އެއްޗަކަށް ވުމުންނެވެ. ތިޔަ ހީކުރެވެނީ އަދި މުޅިން ރަނގަޅަކަށް ނޫނެވެ. ފަތުގައި ސިއްހަތަށް ފައިދާ ހުރި އެހެން ގިނަ މާއްދާތަކެއްވެސް އެކުލެވިގެންވެއެވެ. 

ޒުވާންކަންމަތީ ހުރުމަށް އެހީތެރިވުން

އުމުރުން ދުވަސްވަމުން އަންނަ ވަރަކަށް ހަށިގަނޑު ޒުވާންކަން މަތީ ދެމެހެއްޓުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެކަން ޔަގީނެވެ. އެހެންކަމުން ފެހިކަން ގަދަ ފަތް ކެއުމަކީ، ޒުވާން އުމުރު "ދިގު" ކުރުމަށް ކުރެވިދާނެ ކަމެކެވެ. ފަތްޕިލާވެލީގައި ގިނަ އަދަދަކަށް ވިޓަމިން "ކޭ" އެކުލެވިގެންވެއެވެ. އަދި ފަތުގައި ހިމެނޭ ފޮލޭޓް އަދި ބެޓާ ކެރޮޓީން އަކީ، ހަށިގަނޑު ޒުވާންކޮށް ދިނުމަށް އެހީތެރިވެދޭ މާއްދާތަކެވެ.

އިރުގެ އަލިން ސަލާމަތް ކޮށްދިނުން

ރާއްޖެއަކީ ހޫނު ގައުމެކެވެ. އިރުގެ ދޯދިތަކުން ލިބޭ ގެއްލުންތަކުން ގައިގެ ހަން ސަލާމަތް ކުރުމަކީ ބައެއް ފަހަރު އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. އެހެންކަމުން ފެހި ކުލަ ގަދަ ފަތް ކެއުމަކީ، އިރުގެ ނުރައްކާތެރި ދޯދި ތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަމެކެވެ. ފެހި ކުލައިގެ ފަތުގައި ހިމެނޭ އެންޓި އޮކްސިޑެންޓް އަދި އެންޓި އިންފްލެމޭޓަރީ މާއްދާ ތަކަކީ، އިރުގެ ދޯދި ތަކުން ސަލާމަތްވުމަށް އެހީތެރިވެދޭ މާއްދާތަކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
"ސަޅަކު 2" 2020 ވަނަ އަހަރު
Loading...