ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ސުޒޭން ހަމަޖައްސައިފި

ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ދާދި ފަހުގެ ތާރީހެއްގައި ޕްރޮމޯޓްވި ކްލަބް ގްރީންސްޓްރީޓްސްގެ ހެޑް ކޯޗަކަށް ރާއްޖެ ދުށް އެންމެ ކާމިޔާބު އެއް ކޯޗު ކަމަށްވާ އަލީ ސުޒޭން ހަމަޖައްސައިފި އެވެ.


މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނަށް ތައާރަފްވި ގްރީން ސްޓްރީޓްސްގެ ކޯޗުގެ މަގާމަށް ސުޒޭން ހަމަޖެއްސީ ސީޒަނުގެ ފަހުކޮޅު އެ ޓީމްގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ވަކިވުމާ ގުޅިގެންނެވެ. ކުރިން ސުޒޭނުގެ އިރުޝާދުގެ ދަށުން ވިކްޓްރީ އަށް ކުޅުނު ސޮބާގެ އިރުޝާދުގެ ދަށުން އެސްޓީއޯ މާލެ ލީގުގެ ދެވަނަ ގްރީން ސްޓްރީޓްސް އިން ހޯދި ނަމަވެސް، އެ ޓީމުން ނެރެމުން އައި ނަތީޖާތައް ވަނީ ފަހުން ދަށްވެފަ އެވެ. ގްރީން ސްޓްރީޓްސް އާ ސުޒޭން ހަވާލުވި އިރު، މިދިޔަ ސީޒަނުގައި އޭނާ ވަނީ ވިކްޓްރީގެ ކޯޗުކަން ކޮށްފަ އެވެ. އެހެން ނަމަވެސް، މާލެ ލީގުގެ ގަދަ ހަތަރަކަށް ކޮލިފައިނުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުން އެ ޓީމަށް ފުރުސަތު ގެއްލުމުން އޭނާ ވަނީ މަގާމުން ވަކިވާން ޖެހިފަ އެވެ. އޭގެ ފަހުން ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރާ ހަމައިން ގދ. ތިނަދޫ އާ ހަވާލުވެ އޭނާ ވަނީ ގަދަ ހަތަރަކުން އެ ޓީމަށް ޖާގައެއް ހޯދައިދީ ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕަށް އެ ޓީމް ގެންގޮސްފަ އެވެ. 

ވިކްޓްރީ އާއި ވެލެންސިއާ އަށް ކުރިން ކުޅުނު ސުޒޭން ކޯޗިންގެ ތެރެއަށް ވަދެފައިވަނީ ވިކްޓްރީ ސްޕޯޓްސްގައި ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުގަ އެވެ. އެސިސްޓެންޓް ކޯޗެއްގެ ހައިސިއްޔަތުން 2002 ވަނަ އަހަރު އެ ދާއިރާގައި ސުޒޭން މަސައްކަތްކޮށް ވިކްޓްރީ އިން ތަށި މިލްކުކުރި އިރު، އޭނާ ވަނީ އެ ކްލަބުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އޭގެ ފަހުން ހެޑް ކޯޗުކަމާ ހަވާލުވެ އެ ޓީމަށް ދިވެހި ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށް، ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމް އޭނާ ހޯދާފައިވެ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...