ގިނަ މީހުން އަހަރެންގެ އިންސްޓެގްރާމް ބެލުމަކީ ވަރަށް އުފާވާ ކަމެއް- ޕްރިޔަންކާ

ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ފިޔަޖަހަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާ، މި ފެށުނު އާ އަހަރު ފާހަގަ ކޮށްފައިވަނީ އޭނާގެ އާއިލާ އާއި އެކީގައި ލަންޑަންގައެވެ.

"ކުއަންޓިކޯ"ގެ މަސައްކަތުގައި ވަރަށް ބިޒީކޮށް އުޅެމުން ޕްރިޔަންކާ ދާދި ފަހުން ވަނީ އިންޑިއާގެ މުމްބާއީ ސިޓީއަށް އައިސް އޭނާއަށް ތާއީދު ކުރާ މީހުންނާއި ބައްދަލުކޮށްފައެވެ. ޕްރިޔަންކާ އޭނާގެ ބައެއް ފޭނުންނާއި ބައްދަލުކޮށްފައިވަނީ ޓީވީ ޝޯއެއްގެ ތެރެއިންނެވެ. އަދި މި ޝޯގެ ތެރެއިން އޭނާއަށް ތާއީދު ކުރާ އަންހެން ފޭން އެއް ވަނީ ޕްރިޔަންކާގެ އިންސްޓެގްރާމް އެކައުންޓްގައި ހިއްސާ ކުރަމުން އަންނަ "ސްޓޯރީ"ތަކާއި ޕޯސްޓްތައް ފޮލޯ ކުރާ ކަމަށް ބުނެފައެވެ.

ފޭންއަށް ޖަވާބު ދެމުން ޕްރިޔަންކާ ބުނީ، އޭނާގެ އިންސްޓެގްރާމް އެކައުންޓްގައި ހިއްސާ ކުރާ ފޮޓޯ އަދި ވީޑިއޯތައް ބަލަނީ ކިތައް މީހުންތޯ އަބަދުވެސް ޗެކް ކުރާ ކަމަށާއި، ގިނަ މީހުން އޭނާގެ އިންސްޓެގްރާމް ޗެކު ކުރާނަމަ، އެކަމާ ވަރަށް އުފާވާ ކަމަށެވެ.

ޕްރިޔަންކާ އަކީ މިހާރު، ބޮލީވުޑް އަދި ހޮލީވުޑްގައި ވިދަމުން އަންނަ ތަރިއެއް ނަމަވެސް، އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން އާއްމުންނާ ހިއްސާ ކުރުމަކީ އެހާ ކުރާހިތްވާ ކަމެއް ނޫން ކަމަށް ޕްރިޔަންކާ ބުނެއެވެ. ޕްރިޔަންކާ ފާހަގަ ކުރެވެނީ، އޭނާގެ ލޯބީގެ ހަޔާތާއި ބެހޭގޮތުންވެސް މައުލޫމާތު ހިއްސާ ނުކުރާ ތަރިއެއްގެ ގޮތުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...