ބޮލީވުޑާއި ކްރިކެޓްގެ ލޯބީގެ ވާހަކަ

މިއީ މަޝްހޫރު ކްރިކެޓް ކުޅުންތެރިއަކާއި، ބޮލީވުޑްގައި އެންމެ ރީތި އެއް އަންހެން ތަރީގެ ލޯބީގެ ވާހަކައެވެ. ތިޔަ ހީވީ ރަނގަޅަށެވެ. ދައްކަން މިއުޅެނީ ވިރާޓް ކޯލީ އަދި އަނުޝްކާ ޝަރްމާގެ ލޯބީގެ  ވާހަކައެވެ.

އާ ކައިވެނީގެ އެންމެ އުފާވެރި ދުވަސްތައް ގުނަމުންދާ ވިރާޓް އަދި އަނުޝްކާގެ ލޯތްބައް އާއްމުންގެ ސަމާލުކަން ލިބިގެން ދިޔައީ، އަނުޝްކާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއިން އުފެއްދި ފިލްމު އެންއެޗް10 އަށް ވިރާޓް ލޯތްބާއި އެކީގައި ތައުރީފް އޮއްސާލި ހިސާބުންނެވެ. އެއަށްފަހު އެދެމީހުން ވަނީ އެކަކު އަނެކަކު ދެކެ ލޯބިވާ ކަމަށާއި ރައްޓެހިވެގެން އުޅޭކަން މީޑިއާ އާއި ހިއްސާކޮށްފައެވެ. އަނުޝްކާ އާއި ވިރާޓް އެކީގައި ފެންނަ ކޮންމެ ފަހަރަކު އެދެމީހުންގެ ފޭނުންގެ މޫނުމައްޗަށް އުފާވެރިކަން ގެނުވައެވެ.

އަނުޝްކާއާއި ވިރާޓްގެ ފުރަތަމަ ބައްދަލުވުން

ވިރާޓް އާއި އަނުޝްކާ އެންމެ ފުރަތަމަ ދިމާވީ 2013 ވަނަ އަހަރުގައި، ޓީވީ އިޝްތިހާރެއްގެ ތެރެއިންނެވެ. އެއީ އެދެމީހުން އެކީގައި ފެނިގެންދިޔަ ޝޭމްޕޫ އިޝްތިހާރެކެވެ. އެކުގައި ކުޅުނު އިޝްތިހާރާއެކު ދެމީހުންގެ މެދުގައި ގާތް އެކުވެރިކަމެއް އުފެދި، އެ އެކުވެރިކަން ލޯތްބަށް ބަދަލުވެގެން ދިޔައީއެވެ. އެހެންނަމަވެސް، އެކަން އެދެމީހުން އޭރު ހާމައެއް ނުކުރެއެވެ. އޭރުވެސް އަނުޝްކާއާއި ވިރާޓް އާއި ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ. ދެމީހުން އެކީގައި ޗުއްޓީ ހޭދަކުރާ މަންޒަރު ފެންނަ ފޮޓޯތައްވެސް އާއްމުވިއެވެ.

އަނުޝްކާއާއި ވިރާޓްގެ ލޯބީގެ ގުޅުން އެންމެ ބޮޑަށް ހާމަވެގެން ދިޔައީ، 2014 ވަނަ އަހަރުގައި ވިރާޓްއަށް ކްރިކެޓް މެޗެއްގެ ތެރެއިން ލިބުނު ކާމިޔާބީއަކާއެކު، އުފާ ފާޅު ކުރުމަށްޓަކައި އޭނާ އަނުޝްކާއަށް "ފްލައިން ކިސް"އެއް ދިން ހިސާބުންނެވެ. އަނުޝްކާ ހުރީ އެމެޗް ބަލަން ދަނޑަށް އައިހެވެ.

އަނުޝްކާއާއި ވިރާޓްގެ ވަކިވުން

ކައިވެންޏާއި ހަމައަށް ދިއުމުގެ ކުރިން އަނުޝްކާއާއި ވިރާޓްގެ ގުޅުން ނިމުމަކަށް ގެނައިކަން އެނގޭހެއްޔެވެ؟ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަނުޝްކާއާއި ވިރާޓް ވަކިީ، އެމީހުންގެ ހިޔާލު ތަފާތު ވުމުގެ ސަބަބުންނެވެ. ވިރާޓް ބޭނުންވީ އަވަހަށް ކައިވެނި ކުރާށެވެ. އެހެންނަމަވެސް އަނުޝްކާ ބޭނުންވީ ކެރިއަރަށް ވަގުތު ދިނުމަށް ކައިވެނި ލަސްކުރާށެވެ. ކައިވެންޏާއި މެދުގައި ހިޔާލު ތަފާތު ވުމުގެ އިތުރުން، ދެމީހުން މަސައްކަތުގައި އަބަދު ވަގުތު ހޭދަކުރަން ޖެހުމުންވެސް މައްސަލަ ޖެހުނު ކަމަށްވެއެވެ. އެގޮތުން ވިރާޓް ކްރިކެޓް ކުޅުމަށް އެހެން ޤައުމުތަކަށް ދިޔައިރު، އަނުޝްކާ ފިލްމުތަކުގެ ޝޫޓިންއަށް އެހެން ޤައުމުތަކަށް ދާން ޖެހުނެވެ. ދެމީހުންގެ މެދުގައި އުފެދިގެން ދިޔަ ދުރުކަމުގެ ސަބަބުން އިތުރަށް މައްސަލަ ގޯސްވީއެވެ. އެހެންކަމުން ވަކިވާން ނިންމާ، ދެމީހުންގެ މިސްރާބް ކެރިއަރުގެ ކުރިއެރުމަށް އަމާޒު ކުރިއެވެ.

އެހެންނަމަވެސް، މާގިނަ ދުވަހެއް ނުވެ، އެކަކު އަނެކަކާ ނުލާ ނޫޅެވޭނެ ކަން އެނގުމުން ވިރާޓްއާއި އަނުޝްކާ އަނެއްކާވެސް ގުޅުނީއެވެ. އަދި ކައިވެނި ކޮށް، ދެމީހުންގެ ގުޅުން ވަރުގަދަ ކުރީއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
"ސަޅަކު 2" 2020 ވަނަ އަހަރު
Loading...