އައިޓީއެފްސީ އާއި އެސްޓީއޯއާއި ދެމެދު ފައިނޭންސް އެގްރީމެންޓެއްގައި ސޮއިކޮށްފި

އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕޮރޭޝަން އައިޓީއެފްސީ، އާއި އެސްޓީއޯއާ ދެމެދު ފައިނޭންސް އެގްރީމެންޓެއްގައި ސޮއިކޮށްފިއެވެ.

މި ރަސްމިއްޔާތުގައި ސޮއިކޮށްފައި ވަނީ 100 މިލިއަން ޔޫއެސް ޑޮލަރުގެ މުރާބަހާ ފައިނޭންސް އެއްބަސްވުމެއްގައެވެ. މި އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އިމްޕޯރޓް ކުރާ ތެލުގެ ބާވަތްތަކަށް އެއްއަހަރު ދުވަހުގެ މުއްދަތައް އައިޓީއެފްސީ އިން ފައިނޭންސްކޮށް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި އައިޓީއެފްސީގެ މައިގަނޑު މަގުސަދަކީ އޯ.އައި.ސީ މެމްބަރ ގައުމު ތަކުގެ ދެމެދުގައި އޮންނަ ވިޔަފާރި ގުޅުން ރަގަޅުކޮށް، އެގައުމުތަކުގެ އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވެދިނުމެވެ.

އޯއައިސީ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަކީ ވެސް މެދުކެނޑުުމެއްނެތި އައިޓީއެފްސީގެ ފަންނީ އަދި މާލީ އެހީތެރިކަން ލިބެމުންދާ ގައުމެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އައިޓީއެފްސީ ގެ މަސައްކަތް ފަށައިގެން މިހާތަނަށް އައިއިރު މީގެ ކުރިންވެސް އެސްޓީއޯއަށް، އެ ކޯޕަރޭޝަނުން މިފަދަ ފެސިލިޓީސް މެދުވެރިކޮށް ވަނީ ފައިނޭންސް ހަމަޖައްސަވައި ދެއްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...