ޝެންޖެންގެ ރީތިކަން ދައްކުވައިދޭ ފޮޓޯ މައުރަޒެއް ބާއްވައިފި

ޗައިނާގެ ޝެންޖެން ސިޓީގެ ރީތިކަން ދައްކުވައިދޭ ފޮޓޯ މައުރަޒެއް ރާއްޖޭގައި ބާއްވައިފިއެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ގުޅިގެން ބޭއްވި މި މައުރަޒަކީ އެއް ދުވަހުގެ މުއްދަތަކަށް ނެޝަނަލް އާޓް ގެލަރީގައި ބާއްވާ މައުރަޒެކެވެ.

މި މައުރަޒާ ގުޅޭގޮތުން އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި ޝެންޖެން މުނިސިޕަލް ޕީޕަލްސް ގަވަމަންޓާއި އެމްއެމްޕީއާރުސީގެ އިސް ބައެއް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރ ހާރިސް މުހައްމަދު ވަނީ އެ މައުރަޒުގައި ބައިވެރިކޮށްފައިވާ ފޮޓޯތައް ބައްލަވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބްސީގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލް ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހި ކުރުމަށް ގުޅިގެން މަސައްކަތްތަކެއް ކުރާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ގުދުރަތީ ރީތި ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ތައުރީފު ކުރައްވާފައެވެ. އަދި ޝެންޖެންގެ އެކިއެކި މަންޒަރުތައް ދައްކުވައިދޭ ވީޑީއޯއެއް ވެސް މި މައުރަޒުގައި ދައްކާލާފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...