މިއަދު އައްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބުނު 14 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

އައްޑޫ ސިޓީ ހިތަދޫ ލިންކް ރޯޑްގައި ޕިކަޕަކާއި ސައިކަލެއް ޖެހި، ހިނގި އެކްސިޑެންޓުގައި އަނިޔާވި 14 އަހަރުގެ ކުއްޖާ މަރުވެއްޖެއެވެ.ޗެނަލް ތާރޓީން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ގދ.ވާދޫ އަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ ކުއްޖެކެވެ.


އޭނާ ނިޔާވިކަން ފުލުހުންވަނީ ކަށަވަރުކޮށް ދެއްވާފައެވެ. ހިތަދޫ ހޮސްޕިޓަލްއިން ބުނީ އެކުއްޖާ ނިޔާވީ މި އެކްސިޑެންޓްގައި ބޮލަށް ސީރިއަށް އަނިޔާތަކެއް ލިބުމާ ގުޅިގެން ކަމަށެވެ. މިކުއްޖާ މަރުވެފައިވަނީ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ދަނިކޮށްކަމަށް މައޫލޫމާތު ލިބެއެވެ.


މި އެކްސިޑެންޓްގައި އަނިޔާވި 21 އަހަރުގެ ޒުވާނާއަށް ހިތަދޫ ހޮސްޕިޓަލްގައި އަދިވެސް އަންނަނީ ފަރުވާދެމުންނެވެ. އަދި އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ހިތަދޫ ހޮސްޕިޓަލުން ބުނެއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...