ހާފިޒުންނާ ގުޅޭ ކަންކަން ހަމައެކަނި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ކުރާ ގޮތަށް ހަމަޖައްސަވައިފި

ހާފިޒުންނާ ގުޅޭ ކަންކަން ހަމައެކަނި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ހާފިޒުކަމުގެ އިމްތިހާނުކުރުމާއި، ހާފިޒުކަމުގެ ސަނަދު ދޫކުރުމާއި، ހާފިޒުންނަށް ދައުލަތުން ދެމުންގެންދާ އިނާޔަތް ދެއްވުން އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހެޅުއްވުމަކީ، ހަމައެކަނި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ކުރާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.



ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ ހާފިޒުކަމުގެ އިމްތިހާނުކުރުމާއި، ހާފިޒުކަމުގެ ސަނަދު ދޫކުރުމާއި، ހާފިޒުންނަށް ދައުލަތުން ދެމުން ގެންދާ އިނާޔަތް ދެއްވުން އެދި ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުއްވުމުގެ ކަންކަމާއި، ހާފިޒުންގެ ދަފްތަރު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ކުރާ ގޮތަށް ހަމަޖެއްސެވުމުން، ފަސޭހަކަމާއެކު އޮޅުންކުޑަގޮތަކަށް އެކަން ކުރެވެނެ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާތީ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...