ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް

ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަތުގުޅާލުމެއް ބާއްވައިފިއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި 2004 ވަނަ އަހަރު ދިވެހިންނައި ކުރިމަތިވި ސުނާމީ ކާރިސާގައި މަރުވި ފަރާތްތަކުގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ. އަދި އެ ދުވަހު ދިވެހިން ދައްކައިދިން އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުން މި ރަސްމިއްޔަތުގައި އެންމެން ވަނީ އަތުގުޅާލާފައެވެ. 

ރައީސުލްޖުމުހުރިއްޔާގެ ނައިބް އަބްދުﷲ ޖިހާދާއި، ސަރުކާރުގެ މިނިސްޓަރުންގެ އިތުރުން ސިފައިންނާއި ފުލުހުންނާއި އެކި އޮފީސްތަކުގެ މުވައްޒަފުން ބައިވެރި މި ރަސްމިއްޔަތުގައި ހާއްސަ ދުޢާއެއްވެސް ކޮށްފައިވެއެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ދިވެހިންނާއި ކުރިމަތިވި ބިރުވެރި ސުނާމީ ކާރިޘާގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަ ކަމުގެ ދުވަސް މިހާރު ދަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...