ރައީސް ޔާމީން ތުޅާދޫ ބަނދަރު ހުޅުވައިދެއްވައި އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ބަނދަރު ހުޅުއްވާ ދެއްވާ އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފިއެވެ. 

ތުޅާދޫ ބަނދަރު ސަރަހައްދުގައި މިއަދު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށް އެދި ދެންނެވީ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.


ރައީސުލްޖުމްހޫރިއްޔާ ތުޅާދޫ ބަނދަރު ހުޅުވައިދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވާ ދެއްވިއެވެ. މި ބަނދަރަކީ 1210 ފޫޓު ދިގު، 550 ފޫޓު ފުޅާ ބަނދަރެއކެވެ. މީގެއިތުރުން ރައީސުލްޖުމުހުރިއްޔާ ވަނީ މި ރަސްމިއްޔާތުގައި ތުޅާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުން ފާހަގަކުރުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާވެސް ކައްސަވާލަދެއްވާފައެވެ.

މިކަން ކޮށްދެއްވުމަށް ރައީސް ގެ އަރިހުގައި ދެންނެވީ އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމްއެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅު ހިންނަވަރަށާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިހާރުވަނީ މާލެ ވަޑައިގަންފައެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...