ފަރުދެއްގެ ހައްގަށް ވުރެ މުޅި މުޖްތަމައުގެ ހައްޤު މުހިންމު- ރައީސް

ގާނޫނާއި ޚިލާފް އެއްވެސް ކަމެއް ކުރެވިފައިނުވާނަމަ، އިދިކޮޅު ސިޔާސީ ފަރާތްތަކުން ރާއްޖެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފި. އެމަނިކުފާނު މިހެން ގޮވާލަފައިވަނީ ތުޅާދޫގެ ގޮނޑުދޮށް ހިމާޔާތް ކުރުމާއި، އެ ރަށުގެ ބަނދަރުގެ މަސައްކަތުގެ ނިންމުން ފާހަގަކުރުމަށް މިއަދު ހެނދުނު އެރަށުގައި ބޭއްވި ރަސްމީޔާތުގައި ވާހަކަފުޅު ދައްކަވަމުނެވެ

ބ. ތުޅާދޫގެ ބަނދަރުގެ މަޝްރޫއާއި، ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއު ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމީޔާތްތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ ސިޔާސީ ބައެއް ފަރާތްތަކުން ރާއްޖެއިން ބޭރަށް ވަޑައިގެން ތަފާތު ވާހަކަތައް ދައްކަމުންދާއިރު، އެބޭފުޅުން ރާއްޖެ ވަޑައިގަތުމަށް ފަސްޖެހިވަޑައިގަންނަވަނީ ކީއްވެތޯ ސުވާލު އުފެދޭކަމަށެވެ.

ރައީސް ވަނީ ޤަނޫނާއި ޚިލާފަށް ކަމެއް ކުރެވިފައިނުވާނަމަ، ރާއްޖެ އަނބުރާ އައުމަށް އެފަދަ ފަރާތްތަކަށް ދައުވަތު ދެއްވާފައެވެ. އަދި ކުށެއް ކުރެވިފައިނުވާކަން ސާބިތުކޮށްދޭން ބޭނުންވާނަމަ، ޝަރުއީ ނިޒާމްގެތެރެއިން އެމީހަކީ މައުސޫމް މީހެއްކަން ސާބިތު ކޮށްދިނުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުގައި އަމިއަލަފުޅަށް އަރުވާލެވިގެން ތިއްބެވި ފަރާތްތަކަކީ ސަރުކާރުން އަނިޔާ ދީގެން ދިޔަ ފަރާތްތަކެއް ނޫންކަމަށެވެ 

މިރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އަބަދުވެސް ދައްކަމުންދާ އެއް ވާހަކައަކީ ވަކި ބޭފުޅެއްގެ ހައްގު ހިމާޔާތް ނުވެގެން އުޅޭ ވާހަކަމަށެވެ. ނަމަވެސް ވަކި ފަރުދެއްގެ ހައްގަށްވުރެ، މުޖުތަމައުގެ ހައްގު އިސްވާނެކަމަށާއި ވަކި ބޭފުޅެއްގެ ހައްގުތައް ހިމާޔަތްކުރުމަށް ކަންތައްތަކެއް ނުކުރައްވާނެކަމަށެވެ. 

ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތް ބޮއިކޮޓް ކުރުމަށް ގޮވާލާ، ރާއްޖޭގެ ނަން ބޭރުގެ ފަރާތްތަކުގެ މެދުގައި ކިލަނބު ކޮލަން މަސައްކަތް ކުރާ މީހަކީ، ކިތަންމެ މަތިވެރި މީހެއް ކަމުގައިވީނަމަވެސް ދިވެހިން ބަލައިގަންނަނާނެ މީހެއް ނޫންކަމަށެވެ.

އަދި ދިވެހިންގެ ހައްގުތަކަށް އަރައިގަތުމަށް މަސައްކަތް ކުރަމުންދާނަމަ އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...