މިނިވަންކަމާ އިސްތިގުލާލު ރައްކާތެރި ކުރުމަށްޓަކާ މުއައްސަސާ ތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރާނެ: ޑިފެންސް މިނިސްޓަރ

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު

ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ރައްކާތެރި ކުރުމަށްޓަކާ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާ ތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރާނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް އަރިސްކުރައްވާ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ދެއްކެވި ވާހަކައިގައި ވިދާޅުވީ ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ރައްކާތެރި ކުރުމަށްޓަކާ ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާއިރު، އެކަން ތަންފީޒު ކުރަންޖެހޭ މުއައްސަސާތަކުން ތަންފީޒުވެސް ކުރަމުންދާ ކަމަށެވެ. އަދި ގާނޫނުގެ ކުރިމަތީގައި އެންމެންވެސް ހަމަހަމަވާނެ ކަމަށާއި ގާނޫނުގެ ބާރު ނުހިނގާނެ ރައްޔިތަކު ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.  ސުލްހަވެރިކަން ގެއްލޭ ގޮތައް ހިންގާ އަމަލުތައް ހުއްޓުވާނެ ކަމަށާއި، އެކަމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެކަން މިއަދު ވެސް ފެންނަމުންދާކަމަށް މިނިސްޓަރ ޝަރީފު ވިދާޅުވެފައިވެއެވެ.

ޑިފެންސް މިނިސްޓަރ ޝަރީފު ވިދާޅުވީ ގައުމުގެ އަމަން އަމާންކަން ގާއިމް ކުރުމަށް ފަރުދީ ޒިންމާއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތަކުވެސް މިއަދު ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް ގައުމު އިސްކުރުމަށާއި، ގައުމަށް ރަގަޅު ގޮތް ހޯދައިދިނުމުގައި ހުރިހާ ރައްޔިތުންގެ ހިއްސާ އޮންނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިސަރުކާރުން އެއްވެސް ތަފާތު ކުރުމެއްނެތި ގާނޫނީ ފިޔަވަޅު އަޅަންޖެހިއްޖެ ނަމަ އަޅާނެ ކަމަށެވެ. އެގޮތުން ކުށެއްކޮށްފިނަމަ، އެމީހަކު އަދާކުރާ މަގާމަކަށް ނުވަތަ އާއިލާއަކަށް ބެލުމެއްނެތި އެމީހެއްގެ މައްޗަށް ގާނޫނުގެ ބާރު ހިނގާނެކަން މިސަރުކާރުން ދައްކައިދީފި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ކުއްޔަށް ހައްލެއް ބޭނުންތަ؟
Loading...